ވިޔަފާރި

ޕާސްޕޯޓް ކާޑުން ފައިސާގެ މުޢާމަލާތްކުރެވޭގޮތް ހަދަނީ


އަލަށް ތަޢާރަފްކުރާ ޕާސްޕޯޓްކާޑު މެދުވެރިކޮށް ފައިސާގެ މުޢާމަލާތްކުރެވޭނެ ނިޒާމް ޤާއިމްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިމިގްރޭޝަނުން އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ޕާސްޕޯޓްކާޑް، ފައިސާ ޖަމާކުރެވޭ ޕްރިޕެއިޑް ކާޑެއްގެ ގޮތުގައި ބޭނުންކުރެވޭނެ ނިޒާމް ޤާއިމްކުރާނެކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ. މިގޮތުން ޕީ.އޯ.އެސް އަދި އޮންލައިން މުޢާމަލާތްތަކުގައިވެސް މި ކާޑު ބޭނުން ކުރެވޭނެ ކަމާށާއި، އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމަށްވެސް މި ކާޑު ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ރާއްޖެއިން ބޭރުގައި މިކާޑު ބޭނުން ކުރެވޭނެ ގޮތް ހަމަޖެހިފައިވާތީ މިކާޑު ބޭނުން ކޮށްގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ލުއި ފަސޭހަކަމާއެކު ފައިސާގެ މުޢާމަލާތްތައް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ދާދި ފަހުން ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލްގެ ފަރާތުން ވަނީ ބޭންކް އޮފް މޯލްޑިވްސް އަށް މޯސްޓް އިނޮވޭޓިވް ބޭންކިންގ ޓީމް އިން އިންޑިއަން އޯޝަން 2016 ގެ އެވޯޑްވެސް ދީފައެވެ.