ޚަބަރު

ގެއްލިގެން ހޯދަމުންދާ މީހާގެ ބައެއް ތަކެތި ފެނިއްޖެ


ވ. ފެލިދޫގައި ގެއްލިގެން ހޯދަމުންދާ މީހާގެ ބައެއް ތަކެތި ފެނިއްޖެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އޭނާގެ އައިނާއި ފައިވާން ގޮނޑުދޮށުން ފެނިފައިވާކަމަށެވެ. ނަމަވެސް އޭނާގެ އެއްވެސް ޚަބަރެއް މިހާތަނަށް ނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ވ.ފެލިދޫ އުމުރުން 76 އަހަރުގެ އަޙުމަދު ޙަސަން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ އަށްގަޑި ތިރީސް ހާއިރުއެވެ. ރެއިން ފެށިގެން އޭނާ ހޯދުމުގެ ގޮތުން ރަށުތެރެއާއި މޫދުވެސް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.