ހުޅުމާލެ ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުން މަރުވެފައި އޮތްވާ ފެނިފައިވަނީ މަހުގެ 21ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ނޭޕާލްއަށް ނިސްބަތްވާ ރުޕަން ތަޕާ މަގަރުކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. 
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވީ ނިޔާވެފައިއޮއްވާ ފެނުނީ މިމަހުގެ 21ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ނޭޕާލްގެ ރައްޔިތެއް ކަމުގައިވާ ރުޕަން ތަޕާ މަގަރު (29އ)ކަން ފޮރެންސިކް ތަހުލީލުތަކުން ކަށަވަރުކުރެވިފައިވާކަމަށެވެ. 
އަދި މިހާތަނަށް ބެލި ބެލުމުން އޭނާގެ މަރާއި ގުޅިގެން ތުހުމަތުކުރެވޭ އެއްވެސް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. 
ހުޅުމާލެ ވޯޓަރ ޕާކް ހަދަން ދޫކޮށްފައިވާ ސަރަހައްދުން މަރުވެފައި އޮއްވާ ރުޕަން ތަޕާ މަގަރުގެ ހަށިގަނޑު ފެނިފައިވަނީ ހޯމަދުވަހުއެވެ. އަދި އޭނާގެ އައިޑެންޓިޓީ ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވަމުންދާ ކަމަށް ފުލުހުން އިއްޔެ ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.