ޚަބަރު

ހުވާވޭ ކުންފުނީގެ އައިސީޓީ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި 4 ދަރިވަރަކަށް


  • އައިސީޓީ ދާއިރާއިން ތަމްރީންވުމުގެ ފުރުޞަތެއް

  • ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންގެ ނަންތައް ވަނީ އާންމުކޮށްފައި

"ސީޑްސް ފޮރ ދަ ފިއުޗަރ 2025" ޕްރޮގްރާމަށް ރާއްޖެއިން 4 ދަރިވަރަކު ހޮވައިފިއެވެ.

ޗައިނާގެ ހުވާވޭ ކުންފުނީގެ ފަރާތުން ތަމްރީނު ހާޞިލުކުރުމަށް ހުޅުވާލި "ސީޑްސް ފޮރ ދަ ފިއުޗަރ 2025" ޕްރޮގްރާމް އިފްތިތާޙްކުރުމުގެގޮތުން ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވަޒީރު، ޑރ.ޢަލީ ހައިދަރު އަޙްމަދުއެވެ.

"ސީޑްސް ފޮރ ދަ ފިއުޗަރ 2025" ޕްރޮގްރާމަށް ހޮވުނު ދަރިވަރުން:

1. ޒަޔާން އަބްދުﷲ ނާޒިލް- ވިލާ ކޮލެޖް
2. ޔޫސުފް އަޔާން މުސްތާގް- ވިލާ ކޮލެޖް
3. އިޔާން އަޒީޒް- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)
4. އަފާ އިސްމާޢިލް- ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް

"ސީޑްސް ފޮރ ދަ ފިއުޗަރ 2025" ފްރޮގްރާމަކީ ޗައިނާގެ ހުވާވޭ ކުންފުނީގެ ފަރާތުން އިންފޮރމޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ދާއިރާ އިން ތަމްރީނު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ބައިވެރިވުމަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ.

މި ޙަފްލާގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ހައިދަރު އަޙްމަދުގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކޮންގ ޒްޝިޔަންހުވާ ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.