ޚަބަރު

ވެސްޓް އިންޑީޒް ބަލިކޮށް ޕާކިސްތާނުން ކުރި ހޯދައިފި


ޓްވެންޓީ ޓްވެންޓީ ކްރިކެޓް ސީރީޒްގައި ވެސްޓް އިންޑީޒް އާއި ދެކޮޅަށް ޕާކިސްތާން އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް 2-1 ގެ ނަތީޖާއަކުން ޕާކިސްތާން ކުރި ހޯދައިފި އެވެ.

ފްލޮރިޑާގައި ކުރިއަށްދާ މި ސީރީޒްގައި އިއްޔެ ޕާކިސްތާނުން ވެސްޓް އިންޑީޒް ބަލިކޮށްފައިވަނީ 13 ލަނޑުންނެވެ. މި މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ވަނީ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 189 ލަނޑު ހަދާފަ އެވެ.

ޕާކިސްތާނުން އެންމެ ރަގަޅަށް ކުޅެފައިވަނީ 74 ލަނޑު ހެދި ފަރުހާން އާއި 66 ލަނޑު ހެދި ސައިމް އެވެ.

ޖަވާބުގައި ވެސްޓް އިންޑީޒް އިން ކުޅެން އަރާ ހަ ކުޅުންތެރިން ނުބައިވެގްނ 20 އޯވަރުގެ ތެރޭގައި ހެދިފައިވަނީ 176 ލަނޑެވެ. އެ ޓީމުން އެންމެ ރަގަޅަށް ކުޅެފައިވަނީ 60 ލަނޑު ހެދި އަތަނޭޒް އާއި 51 ލަނޑު ހެދި ރަތަރފޯޑް އެވެ.

މި މެޗަށް މި ދެ ޓީމު ނިކުތްއިރު މި ސީރީޒްގައި މި ދެ ޓީމު ކުޅުނު ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. އެހެންކަމުން މި މެޗުން މޮޅުވާ ޓީމަކަށް މި ސީރީޒުން ކުރި ލިބިގެންދާނެ އެވެ.

މި ދެ ޓީމުން ކެރީބިއަންގައި ދެން ކުޅުމަށް ހަމަޖެހިފައިވަނީ އެއް ދުވަހުގެ އިންޓަރނޭޝަނަލް ތިން މެޗެވެ.