ތަޢުލީމު

ގުރައިދޫ ސްކޫލުގައި އަލަށް ޢިމާރާތްކުރެއްވި 9 ކުލާސްރޫމް ހުޅުވުން


ސަރުކާރުން މާލެއަތޮޅު ގުރައިދޫ ސްކޫލުގައި އަލަށް ޢިމާރާތްކުރެއްވި 9 ކުލާސްރޫމް ރަސްމީގޮތުން ހުޅުއްވައިފިއެވެ.

މިކަމަށްޓަކައި އެ ސްކޫލްއި ބޭއްވެވި ރަސްމިއްޔާތުގައި ޢިމާރާތް ރަސްމީގޮތުން ހުޅުވައިދެއްވީ، އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމެވެ. ގުރައިދޫ ސްކޫލަށް އިތުރުކުރެއްވި މި ޢިމާރާތުގެ މަޝްރޫޢަކީ ސަރުކާރުން 8 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން 2014 ވަނަ އަހަރު ސްޕީޑް ކޮންސްޓްރަކްޝަނާ ޙަވާލުކުރައްވައިގެން ހިންގެވި މަޝްރޫއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ނާސަރީއިން ފެށިގެން އޭލެވެލްއާ ހަމައަށް ކިޔަވައިދެއްވާ ގުރައިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ރަށުގެ ކައިރީގައި ހުރި ރިސޯޓްތަކުންނާއި ރަށުގެ އިސްވެރިންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ބެލެނިވެރިންގެ އެހީތެރިވެދީފައިވާކަން ގުރައިދޫ ސްކޫލުން ހާމަކުރައްވައެވެ.

އަދި އެރަށު ސްކޫލްގެ ހުރިހާ ކުލާސްރޫމެއް ޒަމާނީ ފެންވަރަށް ބަދަލުކުރައްވައި ސްކޫލްގެ ލަވަވެސް ވަނީ އިފްތިތާޙު ކުރައްވާފައެވެ. މި ކަންތައްތައް އިފްތިތާޙް ކޮށްދެއްވީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާއެވެ.