ޚަބަރު

ޔޫތު ޗެލެންޖުން ފަހިވާ ފުރުޞަތުތަކުގެ ބޭނުންހިފުމަށް ގޮވާލެއްވުން


ޔޫތު ޗެލެންޖްގެ ތެރެއިން ފަހިކޮށްދެއްވާފައިވާ ފުރުޞަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ޔޫތު މިނިސްޓަރ ޒުވާނުންނަށް ގޮވާލައްވައިފިއެވެ. img:http://s4.psmnews.mv/images/660x400/14703805706630.jpg|ޔޫތު ޗެލެންޖް 2016 ގެ ތެރެއިން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް - ފޮޓޯ: ޔޫތު މިނިސްޓްރީ

މިނިސްޓަރ އިރުތިޝާމް އާދަމް މިކަމަށް ގޮވާލެއްވީ 17 ވަނަ ޔޫތު ޗެލެންޖް ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަރަކާތް މިއަދާއި މާދަމާވެސް ދަރުބާރުގޭގައި ކުރިޔަށް ގެންދަވާނެއެވެ. މަތީ ތަޢުލީމާއި މަސައްކަތުގެ މައިދާނުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ޒުވާނުންނަށް ދެއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސުން ބާއްވަވާ "ޔޫތު ޗެލެންޖް 2016" ގައި ސަރުކާރުގެ މުއައްސަސާތަކާއި، ވުޒާރާތަކާއި، ވިޔަފާރި ކުންފުނިތަކާއި، މަދަނީ ޖަމްއިއްޔާ ޖަމާއަތްތައް ޔޫތު ޗެލެންޖުގައި މިއަހަރު ބައިވެރިވެވަޑައިގަންނަވައެވެ. މި ތަންތަނުން  ޒުވާނުންނަށް އެހީތެރިވާނެ 64 ސްޓޯލެއް ދަރުބާރުގޭގައި ވަނީ ޤާއިމްކުރައްވާފައެވެ. މި ސްޓޯލްތަކުން ޒުވާނުންނަށް ހުރި ވަޒީފާއާއި ތަޢުލީމުގެ ފުރުޞަތުތަކާއި، އިންޓާންޝިޕްތަކާއި، އެޕްރެންޓިސް ޕްރޮގްރާމްތަކާބެހޭ މަޢްލޫމާތު ދެއްވާނެއެވެ. އަދި އެތަންތަނުގެ ޚިދްމަތްތަކުގައި ޒުވާނުންނަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ބައިވެރިވެވޭނޭ ގޮތްތަކާބެހޭ މަޢުލޫމާތު ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. img:http://s4.psmnews.mv/images/660x400/14703805366298.jpg|ޔޫތު ޗެލެންޖް 2016 ގެ ތެރެއިން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް - ފޮޓޯ: ޔޫތު މިނިސްޓްރީ

"ދަ އޮޕޮޗުނިޓީ ޕޫލް" މި ޝިޢާރުގެ ދަށުން ބާއްވަވާ ޔޫތު ޗެލެންޖް ހުޅުއްވައިދެއްވީ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. އެކަމަނާގެ އިފްތިތާޙީ ބަޔާނުގައި، ޤައުމެއް ބިނާކުރުމަށް ޒުވާނުންގެ މުހިންމުކަމާއި، ޒުވާނުންނަކީ ޒިންމާދާރު، ބަޔަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ސަރުކާރުން ޒުވާނުންނަށް ދެއްވާ އިސްކަން ފާހަގަކުރައްވައި، ސަރުކާރުގެ ނިޒާމުގެ ތެރެއިން ޒުވާނުންނަށް ހުރި ފަހި ފުރުޞަތުތައް ބަޔާންކޮށްދެއްވިއެވެ. ހަމައެއާއެކު ޔޫތު ޗެލެންޖުގެ ތެރެއިން ތަނަވަސްކޮށްދެއްވި ފުރުޞަތުގެ ބޭނުން އެދެވޭ ގޮތުގައި ހިފުމަށް އެކަމަނާ ޒުވާނުންނަށް ގޮވާލެއްވިއެވެ. img:http://s3.psmnews.mv/images/660x400/14703805572116.jpg|ޔޫތު ޗެލެންޖް 2016 ގެ ތެރެއިން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް - ފޮޓޯ: ޔޫތު މިނިސްޓްރީ

"މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން އަޅުގަނޑު، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް އިލްތިމާސްކުރަން މިއުފާވެރި ބޭނުންތެރި ފުރުޞަތުގެ ބޭނުން ހިފަން. މި ފުރުޞަތަކީ ތިޔަބޭފުޅުންނަކީ ތިޔަބޭފުޅުންގެ އާއިލާއަށް މަންފާ ކުރަނިވި، ޒުވާނުންތަކަކަށް ހެދުމަށް މި ފުރުޞަތުގެ ބޭނުން ކުރެއްވުމަށް އަޅުގަނޑު ގޮވާލަން. ޒުވާނުންނަކީ، ތަފާތު ޒިންމާދާރު ރޯލެއް އަދާކުރެވޭނެ ބައެއްކަމުގައި ހެދުމަށް ސަރުކާރުން މަސައްކަތް ކުރާނަން." ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14703805841422.jpg|ޔޫތު ޗެލެންޖް 2016 ގެ ތެރެއިން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް - ފޮޓޯ: ޔޫތު މިނިސްޓްރީ

ޔޫތް ޗެލެންޖަކީ 2009 ވަނަ އަހަރުން ފެށިގެން ބާއްވަވަމުން އަންނަ ފެއަރއެކެވެ. އަދި މިއީ ގިނަ ޢަދަދެއްގެ ޒުވާނުން ޒިޔާރަތްކޮށް، ތަރުޙީބުލިބޭ ޙަރަކާތެއްގެ ގޮތުގައި މިދިޔަ އަހަރުވެސް ވަނީ ފާހަގަކުރެވިފައެވެ.