ތަޢުލީމު

އެޑިއުކޭޝަން މިނިސްޓަރ މާލެ އަތޮޅުގެ ބައެއް ސްކޫލްތަކަށް


އަތޮޅުތަކުގެ ސްކޫލްތަކުގެ ހާލަތު ބައްލަވާލެއްވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށްގެންދަވާ ދަތުރުތަކުގެ ތެރެއިން މާލެ އަތޮޅު ބައެއް ރަށްރަށަށް އެޑިއުކޭޝަން މިނިސްޓަރ ވަޑައިގެން އެ ސްކޫލްތަކުގެ ހާލަތު ބައްލަވާލައްވައިފިއެވެ. img:http://s2.psmnews.mv/images/660x400/14703023187140.jpg|އެޑިއުކޭޝަން މިނިސްޓަރ ކ.އަތޮޅުގެ ބައެއް ރަށްރަށުގެ ސްކޫލްތަކަށް ޒިޔާރަތް ކުރެއްވުން - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް މާލެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކ.އަތޮޅު މަދަރުސާއަށާއި ކ.ގާފަރު ސްކޫލަށް ވަޑައިގެން ސްކޫލްތަކުގެ އިސްވެރިންނާ މުވައްޒަފުންނާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުމުގެ ތެރޭގައި ސްކޫލްތަކަށް ދިމާވެފައި ހުރި ދަތިތަކާ، ސްކޫލްތަކުން މިހާރުން މިހާރަށް ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ޓީޗަރުންނަށް ހުރި ފުރުސަތުތަކާއި، އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރާއި މިނިސްޓްރީގެ ޓީމުން ވަނީ ސްކޫލްތަކަށް މައުލޫމާތު ދެއްވާފައެވެ. img:http://s4.psmnews.mv/images/660x400/14703023411108.jpg|އެޑިއުކޭޝަން މިނިސްޓަރ ކ.އަތޮޅުގެ ބައެއް ރަށްރަށުގެ ސްކޫލްތަކަށް ޒިޔާރަތް ކުރެއްވުން - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މީގެ އިތުރުން ސްކޫލް ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި، ބީޓެކް އަދި ޓިވެޓުން ހިންގާ ޕުރޮގްރާމްތަކާއި ސްކޫލް ނިންމުމަށްފަހު ދަރިވަރުން ކުރިޔަށްދެވޭނެ ގޮތްތަކާއި ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދެއްވުމުގެ ސެޝަންތަކެއް ވަނީ ބާއްވަވާފައެވެ. އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމްގެ މި ދަތުރުފުޅުގައި މާލެ އަތޮޅު ގުރައިދޫ ސްކޫލަށް ޒިޔާރާތް ކުރެއްވުމަށްވެސް ހަމަޖައްސަވާފައިވެއެވެ. މިދަތުރުފުޅުގައި ތަރުބަވީ ޖީލެއް ބިނާކުރުން މިޕްރޮގްރާމްގެ ހަރަކާތްތަކެއްވެސް ކުރިޔަށް ގެންދަވާފައިވެއެވެ.