ޚަބަރު

މިނިވަން ދުވަހާއި ގުޅިގެން އައިޖީއެމްއެޗްގެ އޮޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެ


  • މި ދުވަސްތަކުގައި ހޮސްޕިޓަލުތަކުން ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ

  • އައިޖީއެމްއެޗްއިން އަންނަނީ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ބައެއް ބަދަލުތައް ގެންނަމުން

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން މިއަދު 26 ޖުލައި 2025 އައިޖީއެމްއެޗްގެ އޮޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން ޖުލައި 27 އަދި 28 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވީނަމަވެސް، މި ދުވަސްތަކުގައި ދަރުމަވަންތަ ހޮސްޕިޓަލް އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.

..


އައިޖީއެމްއެޗްއިން އަންނަނީ އެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ބައެއް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން އައިޖީއެމްއެޗްގައި މިމަހުގެ 27ދުވަހު އައިނު ފިހާރަ ހުޅުވައި ޚިދުމަތް ދޭން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.