ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިޔަަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގު 2025 ގައި މިއަދު ހަވީރު ކުޅުނު މެޗު ފަސޭހަކަމާއެކު ޒައިކް ވޮލީބޯލް ކުލަބުން ކާމިޔާބުކޮށްފިއެވެ.
ރާއްޖޭގެ ކުލަބު އެޗްޑީސީ އާއި ބައްދަލުކޮށް ކަޒަކިސްތާނުގެ ޒައިކުން މި މެޗުގެ ސެޓުތައް ގެންދިޔައީ 25-11، 25-22 އަދި 25-13 އިންނެވެ.
އެޗްޑީސީއަށް މިމެޗުގައި މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ޒައިކުންވަނީ އޭގެ ފައިދާ ނަގާ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްފައެވެ.
މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް ޒައިކް ވަނީ މޮޅުވެފައެވެ.