ޚަބަރު

ހުޅުމާލޭގައި 100 ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާ ހަވާލުކޮށްފި


ހުޅުމާލޭގައި 100 ހައުސިންގ ޔުނިޓް އެޅުމަށް އެންސިސް ފިޝަރީޒް ޑިވެލޮޕްމަންޓާ ޙަވާލުކުރައްވައިފިއެވެ. 

މިއަދު ހުޅުމާލޭގައި ބޭއްވެވި މިރަސްމިޔާތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަންއެވެ. އެންސިސް ފިޝަރީޒްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަސީމް އިސްމާޢީލްއެވެ.

މިއެއްބަސް ވުމުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 100 ފުލެޓް އަޅަން ހަމަޖެހިފައިވަނީ ހުޅުމާލޭ ވޯޓަރ ފުރަންޓް އޭރިޔާ ސަރަޙައްދުގައިކަމަށް އެޗްޑީސީން ބުނެއެވެ. މި ފްލެޓްތަކަކީ މެދުފަންތީން ފެށިގެން މަތީގެ ފަންތިތަކަށް އަމާޒުކޮށްގެން އިމާރާތްކުރާ ފްލެޓްތަކެއްކަމަށް އެޗް.ޑީސީން ހާމަކުރެއެވެ. 

މި ފްލެޓްތައް ސޮއިކުރާ ތާރީޚުން ފެށިގެން 26 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަމެޖެހިފައިވާކަމަށް އެޗް.ޑީސީން މައުލޫމާތުދެއެވެ.