ޚަބަރު

ހުޅުމާލޭ 94 ނަންބަރު ފްލެޓްގެ 2 ވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި


  • އެއްވެސް މީހަކަށް އަނިޔާވެފައެއްނުވޭ

  • އެ ތަނަަށް ވަރަށް ބޮޑެތި ގެއްލުން ވެފައިވާކަން ފާހަގަ ކޮށްލެވޭ

ހުޅުމާލޭގެ ފޭސް 1ގެ 94 ނަންބަރު ފްލެޓްގެ 2 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލްކޮށްފިއެވެ.

އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯގައި އެ ތަނަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ 94 ވަނަ ފުލެޓްގެ 2 ވަނަ ފަންގިފިލާގެ 3 ވަނަ އެޕާޓްމަންޓުގައިކަމަށެވެ. އަދި 11 ބިދޭސީން ދިރިއުޅޭ އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

...


އަލިފާން ރޯވަން ދިމާވި ސަބަބު އަދި އެނގިފާ ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ ހުޅުމާލޭ ފޭސް 1 ގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.