ޚަބަރު

ތިނަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ


  • ނިޔާވެފައިވަނީ އުމުރުބް 31 އަހަރުގެ އަންހެނެއް

ތިނަދޫ ސިޓީގައި މިދިޔަ އޭޕްރީލްމަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ ނިޔާވެއްޖެއެވެ.


މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 27 ވަނަ ދުވަހު ތިނަދޫ ސިޓީ ކުރީގެ ހުކުރު މިސްކިތް ކައިރިން ކާރަކާއި، ސައިކަލެއްޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން 31 އަހަރުގެ އަންހެން މީހާގެ ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އެމަޖެންސީގައި ހަމަ އެރޭ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފެށިއެވެ. ނަމަވެސް އެ އަންހެން މީހާ މިއަދުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.

ފުލުހުން މީގެކުރިން ވިދާޅުވެފައިވަނީ އެ އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާ ހާޒިރުކޮށް ތަހުގީގުގައި ސުވާލުކުރިކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.