ކުޅިވަރު

އޭޝިއަން ނެޓްބޯޅަ މުބާރާތުގައި ރާއްޖެ ފުރަތަމަ މެޗުން ބަލިވެއްޖެ


10 ވަނަ އޭޝިއަން ނެޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމް ކުޅުނުފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ޖުމްލަ 10 ޤައުމު ވާދަކުރާ މިމުބާރާތުގެ ހުޅުވުމުގެރަސްމިއްޔާތަށްފަހު މުބާރާތް ބާއްވާ ޤައުމު ތައިލެންޑާ ވާދަކޮށް ރާއްޖެ ބަލިވީ 69 ޕޮއިންޓް 19 ޕޮއިންޓުންނެވެ. 

މެޗްގައި ރާއްޖޭގެ ކުޅުންރަނގަޅުކޮށް ގިނަ ޕޮއިންޓް ހޯދާފައިވަނީ ފަހު ދެ ކުއާޓާގައިކަންފާހަގަކޮށްލަންޖެހެއެވެ. މުބާރާތުގެ ފުރަތަމަ މެޗަށްފަހު ރާއްޖެ ޓީމްގެ ކޯޗް ފަޒްނާޖަލީލްބުނީ މުބާރާތުގެ ފުރަތަމަ މެޗްގެ ކުޅުމާމެދު ހިތްހަމަ ނުޖެހޭ ކަމަށާއި ނަމަވެސްކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާކަމަށެވެ. 

" ތަފާތު ބޮޑު ނަތީޖާއަކުންބަލިވާނެ ޖެހުނު އެންމެ ބޮޑު އެއް މައްސަލައަކީ މުބާރާތަށް ފަރިތަކުރި ބޯޅަ ނޫންބޯޅައެއްގައި ކުޅެންޖެހުމާއި މެޗް ފެށުމުގެ ކުރިން ވާމްއަޕަށް ދިން ވަގުތުކުޑަވުން" ޒްނާބުންޏެވެ.

ރާއްޖެހިމެނޭ ގްރޫޕްގައި މިއަދު ދެން ކުޅުނީ ސިންގަޕޯއާއި ޗައިނީޒް ތައިޕޭއެވެ. މިމބާރާތުގެ ފުރަތަމަ މެޗްގައި ގްރޫޕް ބީގެ މެލޭޝިޔާއާއި ޖަޕާން ބައްދަލުކުރި މެޗް ތަފާތު ބޮޑުކޮށް ކާމިޔާބުކުރީ މެލޭޝިޔާއެވެ. އެއީ73 ޕޮއިންޓް 18ަ  ޕޮއިންޓުންނެވެ. މުބާރާތުގައި ރާއްޖެ ކުޅެންޖެހޭ ދެވަނަ މެޗްގައި އަންގާރަ ދުވަހު ނިކުންނާނީ ހޮންގްކޮންގއާ ދެކޮޅަށެވެ. އެމެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މެންދުރު ބާރަ ޖަހާއިރުއެވެ. 

މިމުބާރާތުގައި ރާއްޖޭގެ އަމްޕަޔަރެއް ކަމަށްވާ ރިލްވާން އާދަމް ގިނަ މެޗްތަކުގައި އަންނަނީ އަމްޕަޔަރކަން ކުރަމުންނެވެ. މީ ރާއްޖޭގެ ނެޓްބޯޅަ އަމްޕަޔަރެއް ބައިނަލް އަޤްވާމީ މިފަދަ މުބާރާތެއްގައި އަމްޕަޔަރުކަންކުރާ ފުރަތަމަ ފަހަރެވެ.