ކުޅިވަރު

ނޫނޭޒް ވިއްކާނީ މަދުގެން 50 މިލިއަނަށް


ލިވަޕޫލްގެ ފޯވަޑް ޑްރަވިން ނޫނޭޒް ވިއްކާލީ މަދުވެގެން 50 މިލިއަން ޔޫރޯ އަށް ކަމަށް އެ ކުލަބުން ނިންމައިފި އެވެ.

އުރުގުއޭގެ ފޯވަޑް ގަތުމަށް މަސައްކަތް ކުރަމުން ދަނީ އިޓަލީގެ ނާޕޮލީއިންނެވެ. ނަމަވެސް އެ ކުލަބުން މަސައްކަތް ކުރަމުން ދަނީ މި އަގު ކުޑަ ކުރުމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ނަޕޯލީން ވަނީ 45 މިލިއަނަށް ވުރެ އަގު ކުޑަ ކުރުމަށް ލިވަޕޫލަށް ހުށަހަޅައިފަ އެވެ.

ނަމަވެސް ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އޮތުމާ ވެސް އެކު ލިވަޕޫލުން ތިބީ އެނާ ހެޔޮ އަގެއްގައި ދޫކޮށްލާ ގޮތަކަށް ނޫނެވެ. ރަނގަޅު އަގެއް ލިބޭނަމަ ލިވަޕޫލުން ނޫނޭޒް ވިއްކާލަން ބޭނުންވަނީ އެ ކުލަބުން ނިއުކާސަލްގެ ފޯވަޑް އެލެގްޒެންޑާ އިސާކަށް ފާރަލަމުންދާތީ އެވެ.

ނަޕޯލީން ބޭނުންވަނީ ނޫނޭޒްގެ އަގު މަދުގެން 35 މިލިއަން ކަމުގައި ހެދުމަށެވެ. ނަމަވެސް ލިވަޕޫލުން އެންމެ ފަހުން ބުނެފައިވަނީ ކުޅުންތެރިޔާ ވިއްކާލެވޭނީ 45 މިލިއަނާއި ބޯނަސްގެ ގޮތުގައި ދޭން ޖެހޭ 3.5 މިލިއަން ދޭ ބަޔަކަށް ކަމަށެވެ.

ނޫނޭޒް ލިވަޕޫލް ދޫކޮށްލަން ބޭނުންވަނީ އޭނާ އަށް ލިބޭ ކުޅުމުގެ ވަގުތު މަދުވާތީ އެވެ. މި ގޮތުން ހުސްވި ސީޒަނުގެ ފަހު ބައިގައި މުޅިން ވެސް އޭނާ ބޭނުންކޮށްފައިވަނީ ބެންޗުން އަރާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.