ސިއްހަތު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޭސްމޭކަރ ލެއްވުމުގެ އޮޕަރޭޝަނެއް..


ރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއިއެކު ޕޭސްމޭކަރ ލެއްވުމުގެ އޮޕަރޭޝަން ކޮށްފިއެވެ.

އައިޖީއެމްއެޗްގައި ޤާއިމް ކޮށްފައިވާ ނެޝަނަލް ކާޑިއެކް ސެންޓަރުން މިއަދު ކުރި މި އޮޕަރޭޝަނުގެ ހުރިހާކަމެއްވެސް ކުރިއަށްގޮސްފައިވަނީ ވަރަށް ކާމިޔާބުކަމާއެކުގައި ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. 

އައި.ޖީ.އެމް.އެޗުގައި މިއަދުޕޭސްމޭކަރ ލައްވާފައިވަނި ޢުމުރުން ހަތްދިހަ އަށްއަހަރުގެ އަންހެނެކެވެ.  ޕޭސްމޭކަރ ލެއްވުމަށްފަހު އޭނާގެ ޙާލު ރަނގަޅު ކަމަށާއި، އިތުރު ފަރުވާ ދިނުމަށްކެތުލެބުގެ އައި.ސީ،ޔޫގައި އޭނާ އެޑްމިޓް ކުރެވިފައިވާކަމަށް އައި.ޖީ.އެމް އެޗުން ވިދާޅުވެއެވެ. އަދި އޭނާއަކީ ކުރިންވެސްކިޑްނީގެ މައްސަލައަކަށް ފަރުވާ ހޯދަމުން އަންނަ މީހަކަށްވާތީ، އޭނާ ގެއަށްދޫކޮށްލާނީ ތިނެއް ނުވަތަ ހަތަރު ދުވަހު ބެއްލުމަށް ފަހުގައި ކަމަށްވެސް އައި.ޖީ.އެމް އެޗުން ވިދާޅުވެއެވެ.



އައި.ޖީ.އެމް އެޗްގެ ހިތުގެ ބަލީގެ ޚާއްޞަ ޑޮކްޓަރު ޑރ އަލީ ޝަފީޤް ވިދާޅުވީ، މި ޚިދްމަތަކީ މީގެ ކުރިން ރާއްޖެއިން ބޭރަށް ފޮނުވައިގެންހޯދާ ފަރުވާއެއްކަމަށެވެ. ޑރ.އަލީ ޝަފީޤް ވިދާޅުވީ، މިފަދަ ބަލި މީހަކު ރާއްޖެއިން ބޭރަށްފަރުވާ ހޯދުމަށް ގެންދާއިރު، ޑޮކްޓަރުންގެ ޓީމަކާއި، ގިނަ ޢަދަދެއްގެ ފަންނީއާލާތްތައް ބަލި މިހާއާއެކު ގެންދަންޖެހޭކަމަށެވެ . އަދި ބައެއް ފަހަރު މަތިންދާ ބޯޓުންޖާގަނުލިބުމުގެ ސަބަބުން އެމީހާ ފަރުވާ ދިނުމަށް ލަސްވެ ދުނިޔެދޫކޮށް ދާންޖެހިފައިވާޙާލަތްތައްވެސް މީގެ ކުރިން ކުރިމަތިވެފައިވާކަމަށް ޑރ. އަލީ ޝަފީޤް ވިދާޅިވިއެވެ. އަދި ބައެއް ޙާލަތްތަކުގައި ފަރުވާގެ ގޮތްނޭގި ބޭރުގެ ހޮސްޕިޓަލުތަކުން ފަރުވާހޯދުމުގައި ،ނޭގުމެއްގެ ތެރޭގައި ބަލިމީހާއަށްވަރަށް ދެރަ ގޮތްތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށްވެސް ވިދާޅުވިއެވެ. ރާއްޖޭގައިމިއަދު މިޚިދްމަތް ފެށިގެން ދިއުމަކީ، ވަރަށް ބޮޑު ކުރި އެރުމެއްކަން ފާހަގަކުރައްވާ ޑރ. އަލީ ޝަފީޤް ވިދާޅުވީ،އަމިއްލަ ވަޒަނުގައި ތިބެ ،މިފަދަ ބޮޑުކަމެއް ކުރުމުގެ އުފާވެރިކަން ލިބުމުގެއިތުރުން ،ހިތުގެ ބަލިމީހުން އުފުލަން ޖެހޭ ތަކްލީފް ކުޑަވެގެންދާނެކަަމަށެވެ.