ކުޅިވަރު

އޮސްޓްރޭލިއާގައި ކުރިއަށްދާ މުބާރާތުގެ ދެވަނަ ބުރަށް ހުޝްރުވާން


އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ޖެފް ވިލްކޮސް މެމޯރިއަލް ބޮޑީބޯޑިން މުބާރާތުގެ ދެވަނަ ބުރަށް އަލީ ހުޝްރުވާން ދަތުރުކޮށްފިއެވެ. 

ފިރިހެން އޯޕަންބައިގެ ފުރަތަމަ ބުރު ކާމިޔާބުކޮށް ދެވަނަ ބުރަށް އަލީ ހުޝްރުވާން ދަތުރުކޮށްފައިވާއިރު، ހުޝްރުވާން ވަނީ "ޓޮޕް ނީ" ކެޓަގަރީގައިވެސް ވާދަކޮށް ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. 

ދެވަނަ ބުރުގެ އިވެންޓްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.   

މިމުބާރާތުގައި ހުޝްރުވާންގެ އިތުރުން ރާއްޖެއިން ވާދަކޮށްފައިވަނީ މުހައްމަދު އިހުސާން އާއި އަލީ ޖާވިދުއެވެ. އިހުސާންއާއި ޖާވިދު ވަނީ މެންސް އޯޕަންގެ ފުރަތަމަ ބުރުން ކަޓާފައެވެ. 

ރާއްޖޭގެ މިދެ ރާޅާއެޅުންތެރިންގެ ތެރެއިން މުހައްމަދު އިހުސާން ބުނީ މުބާރާތުގެ ފުރަތަމަ ބުރުން ކެޓީ ފަރިތަކުރަންޖެހޭ ވަރަށް ފަރިތަނުކުރެވިގެން ކަމަށެވެ. އަދި މުބާރާތް ކުރިއަށްދާ އޮސްޓްރޭލިއާގެ ނިއު ސައުތް ވޭލްސް ފިނިކަމުން އެކަމުގެ އުނދަގޫވެސް ވަރަށް ބޮޑަށް ކުރިމަތިވިކަމަށް އޭނާ ބުންޏެވެ. ނިއު ސައުތް ވޭލްސްގައިވެސް ފަރިތަކުރުމަށް ލިބުނު ދުވަސްވެސް މަދުކަން އިހުސާން ފާހަގަކުރިއެވެ. 

ޖެފް ވިލްކޮސް މެމޯރިއަލް ރާޅާ އެޅުމުގެ މުބާރާތަށް ރާއްޖޭގެ 3 ރާޅާއެޅުންތެރިން ގޮސްފައިވަނީ ސަރުކާރުގެ ޙަރަދުގައެވެ.