ވިޔަފާރި

އާދީއްތަ ދުވަހު އެމްއެމްއޭ އާއި ބީއެމްއެލް ހުޅުވާނެ


31 ޖުލައި ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދުދުވަހެއް ނަމަވެސް ބޭންކް އޮފް މޯލްޑިވްސް އާއި މަރުކަޒީ ބޭންކުން އެދުވަހު ޚިދުމަތްދޭނެކަމަށް އެ ދެ ބޭންކުން ހާމަކޮށްފިއެވެ.

އެގޮތުން އެހެން ދުވަސްތަކެކޭ އެއްގޮތަށް ހެނދުނު 8:30 އިން މެންދުރުފަހު 2:00 އާއި ހަމައަށް ބޭންކިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ހާމަކުރެއެވެ. އަދި އެ ބޭންކުގެ ހުރިހާ ބްރާންޗެއްވެސް އެދުވަހު ހުޅުވާފައި ހުންނާނެ ކަމަށްވެސް އެ ބޭންކުން ހާމަކުރެއެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭއިންވެސް ވަނީ އެދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 2:30 އާއި ހަމައަށް އެ ބޭންކުންވެސް ޚިދުމަތް ދެއްވާނެކަން ހާމަކުރައްވާފައެވެ.