ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގެ 20 އަހަރުން ދަށުގެ ޖެވެލިން ތުރޯގެ އަންހެން ކެޓެގަރީން ރަން މެޑެލް ޖަލާލުއްދީން ސްކޫލުގެ އާލާ އާކި ޝަކީލް ހޯދައިފިއެވެ.
މި އިވެންޓުގެ އެއްވަނަ އާލާ ހޯދީ 14.38 މީޓަރު ދުރަށް ޖެވެލިން އެއްލައިގެން 10 ޕޮއިންޓް ހޯދައިގެންނެވެ.
މި އިވެންޓުގެ ރިހި މެޑަލް ހޯދީ ހަނިމާދޫ ސުކޫލުގެ އައިމިނަތު ދީނާއެވެ. އޭނާ ދެވަނަ ހޯދީ 14.33 މީޓަރު ދުރަށް ޖެވެލިން އެއްލައިގެން 8 ޕޮއިންޓް ހޯދައިގެންނެވެ.
20 އަހަރުން ދަށުގެ ޖެވެލިން އަންހެން ކެޓަގަރީގެ ލޯ މެޑަލް ހޯދީ ހަނިމާދޫ ސުކޫލުގެ ސާނިހާ މުހައްމަދެވެ. އޭނާ ތިންވަނަ ހޯދީ 12.17 މީޓަރު ދުރަށް ޖެވެލިން އެއްލައިގެން ހަ ޕޮއިންޓް ހޯދައިގެންނެވެ.
ކުޅުދުއްފުށީގައި ކުރިޔަށްދާ އެތުލެޓިކްސް މީޓުގައި ބޮޑު ތިލަދުންމަތީގެ 19 ސުކޫލަކުން ދަރިވަރުން ބައިވެރިވެއެވެ. މި މުބާރާތުގައި ޖުމްލަ 108 އިވެންޓެއް އޮންނައިރު 8 އުމުރުފުރާއަލުން ބައިވެރިން ވާދަ ކުރެއެވެ.