ޚަބަރު

ވިނަރެސް ފްލެޓްގެ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


  • ގިނައިރުތަކެއްނުވެ އަލިފާޏްވަނީ ނިއްވާލާފައި

  • ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންނުވޭ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ ވިނަރެސްގެ 9ވަނަ ޓަވަރުގެ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައިކަމަށެވެ. އެ އެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 07:41 އެހާއިރުކަމަށާއި، މައުލޫމާތު ލިބުމާއެކު ހުޅުމާލޭ ފަޔަރ ސްޓޭޝަން އިން ހަރަކާތްތެރިވެ، ގިނައިރުތަކެއް ނުވަނީސް ރޯވި އަލިފާން ނިއްވާލެވުނުކަމަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވެފައިވަނީ ގޮދަޑިއެއްގަކަމަށާއި، މިހާތަނަށް މި ހާދިސާގާ އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.