ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސެންޓާއި ކޮސްމެޓިކްސްގެ ބާވަތްތައް ވިއްކާ ޕޮއިސްގެ ހޯލްސޭލް ސެންޓަރެއް މާލޭގައި ހުޅުވައިފިއެވެ. "ޕޮއިސް ޖެނެރަލް ޓްރޭޑިންގ" ގެ ނަމުގައި ހުޅުވި މި ފިހާރަ ހުންނާނީ ރަށްދެބައި މަގު ބަރުބަރީ މިސްކިތް ކައިރީގައެވެ.
ޕޮއިސްއަކީ 2008 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ފިހާރައެކެވެ. މި ފިހާރައިން ދަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ސެންޓާއި ކޮސްމެޓިކްސްގެ ބާވަތްތައް ރާއްޖޭގައި ވިއްކަމުންނެވެ.
ޕޮއިސްގެ ހޯލްސޭލް ސެންޓަރެއް ހުޅުވާފައިވާއިރު ޕޮއިސްގެ ސޭލްސް އެންޑް މާކެޓިން އެގްޒެކްޓިވް އަބްދުﷲ ހުޝާމް ވިދާޅުވީ، މި ހޯލްސޭލް ސެންޓަރުގެ އެންމެ މުހިންމު އެއް ބޭނުމަކީ މާލެއެކޭ އެއް އަގެއްގައި އަތޮޅުތެރެއިންވެސް ޕޮއިސްއިން ވިއްކާ ބާވަތްތައް ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުންކަމަށެވެ. މިއާއިއެކު ހޯލްސޭލްކޮށް ކަސްޓަމަރުންނަށް ޕޮއިސްއިން ވިއްކާ ތަކެތި ގަތުމަށް ފަސޭހަވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކަސްޓަމަރުންނަށް އޮންލައިންކޮށް އޯޑަރ ކޮށްލެވޭނެކަމަށް ހުޝާމް ވިދާޅުވިއެވެ.
"ކަސްޓަމަރުންގެ އިތުބާރާއި ޔަޤީންކަމާއިއެކު ފިހާރައަށް ވަނީ އިތުރު ބްރޭންޑްތައް އިތުރުކުރެވިފައި. އެގޮތުން ކޮސްމެޓިކްގެ ޚާއްސަ ޕްރޮޑަކްޓްތައް ވަނީ އިތުރުކުރެވިފައި. އަދި މޭކަޕްގެ އިތުރު ބްރޭންޑްތައް ވަނީ އިތުރުކުރެވިފައި. ޖެނެރަލް ޓްރޭޑިންގ ފިހާރަ ހުޅުވުމާއިއެކު މިވަނީ ޖެނެރަލް އައިޓަމް ތަކެއްގެ ބްރޭންޑްތަކެއް އިތުރުކުރެވިފައި. އެގޮތުން ބަލާއިރު ސިރް ބްރޭންޑް ފާހަގަކޮށްލަން." ހުޝާމް ވިދާޅުވިއެވެ.
ޕޮއިސްއިން ދަނީ ހެޔޮ އަގެއްގައި ރަނގަޅު އުފެއްދުންތައް ކަސްޓަމަރުންނަށް ވިއްކަމުންނެވެ. އަލަށް ހުޅުވި ހޯލްސޭލް ސެންޓަރު އިތުރުން އިތުރު 4 ފިހާރައެއް ޕޮއިސްއިން އަންނަނީ މާލޭގައި ހިންގަމުންނެވެ. އެއީ މާލޭގައި 3 ފިހާރަ އަދި ހުޅުމާލޭގައި 1 ފިހާރައެވެ.