21 އަހަރުން ދަށުގެ އޭޝިއާ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ކުޅުންތެރިންނާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ބައްދަލުކުރައްވައިފިއެވެ.
21 އަހަރުން ދަށުގެ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ވަޒީރު ވަނީ ހިތްވަރުދެއްވާ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ކުޅިވަރާ ބެހޭ ވުޒާރާގައި އޮތް ރަސްމިއްޔާތެއްގައި ވަނީ ޓީމުގެ ކުޅުންތެރިންނާއި ޖާޒީވެސް ހަވާލުކޮށްފައެވެ.
މި މުބާރާތަކީ މިމަހުގެ 18 އިން 22 އަށް ތައިލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ވާދަކުރާ ޓީމު ތައިލެންޑަށް ފުރުމަށް ހަމަޖެހިފައިވަނީ 15 ޖޫންގައެވެ.
21 އަހަރުން ދަށުގެ ޓީމުގެ ކޯޗު އަބުދުލް އަބްދުލް ހަލީމް ބުނީ މި މުބާރާތަށް ރާއްޖެއިން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި މި ޓީމުގައި ތިބި ބައެއް ކުޅުންތެރިންނަކީ މިދިޔަ އަހަރު ރާއްޖޭގައި އޮތް މުބާރާތްތަކެއްގައި ކުޅެ ތަޖްރިބާ ލިބިފައިވާ ކުޅުންތެެރިން ކަމަށެވެ. މި މުބާރާތުގައި އޭޝިއާގެ 38 ގައުމުން ވާދަކުރާނެއެވެ.