ޚަބަރު

މިނިވަން ދުވަސް ފާހަގަކުރުމަށް ސްރީލަންކާގައި ޙަރަކާތްތަކެއް


މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް މިއަދު ހަވީރުން ފެށިގެން ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ، އެމް.އީ.ސީ.ސީ އިން ޙަރަކާތްތަކެއް ހިންގަވާނެކަމަށް އެ ސެންޓަރުން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ހައިކޮމިޝަންގެ ފަރާތުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޢަބްދުއްރަޝީދު އާދަމް ވިދާޅުވީ މިއަދު ހަވީރު ސޯސަންވިލާގައި ފެއްޓެވުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކަކީ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ވާހަކަދެއްކުމުގެ މުބާރާތަކާއި ލަވަކިއުމާއި ކުޑަކުދިންގެ އައިޓަމްތަކެއް ކަމަށެވެ.

މީގެ އިތުރުން ހައިކޮމިޝަންގެ ފަރާތުން މާދަމާ ހެނދުނު ދިދަ ނެގުމުގެ ރަސްމިއްޔާތެއްވެސް ކުރިއަށްދާނެ ކަމަށް ޢަބްދުއްރަޝީދު ވިދާޅުވިއެވެ.