ޚަބަރު

ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކަކީ އެ މީހުންގެ އަމިއްލަ ނެތިދިޔުމަށް ވެވޭ ތައްޔާރީއެއް: ޚާމަނާއީ


ޔަހޫދީން އީރާނަށް ޙަމަލާ ދިނުމަކީ އެ މީހުންގެ އަމިއްލަ ނެތިދިޔުމަށް ވެވޭ ތައްޔާރީއެއް ކަމަށް އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ ޚަމަނާއީ ވިދާޅުވެއްޖެއެވެ.

އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒު ކޮށް ފަތިހުގެ ވަގުތެއްގައި ޔަހޫދީން ދޭން ފަށާފައިވާ ވަރުގަދަ ޙަމަލާތަކާ ގުޅިގެން ޚާމަނާއީ ވިދާޅުވީ އީރާނާ ދެކޮޅަށް ޔަހޫދީން ދެމުންދާ ޙަމަލާތަކާއި ހިންގަމުންދާ ޖަރީމާތަކުން އެމީހުންގެ ނުބައި ނުލަފާ، ލެއިން ތަަތްތެޅިފައިވާ އަތް ދައްކަމުންދާ ކަމަށެވެ. އެ މީހުންގެ ނުބައި ޢަމަލުގެ ސަބަބުން ވަަރުގަދަ އަދަބެއް ދޭނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވައިފައެވެ. އޭނާ އިތުރަށް ވިދާޅުވީ ޙަމަލާތަކުގެ ބަދަލުގައި އީރާނުން ދޭ އަދަބު ވެގެން ދާނީ ހަރުކަށި އަދަބަކަށް ކަމަށެވެ.

ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކުގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީ ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ އިތުރުން އީރާނުގެ އިސް ނިއުކްލިޔަރ ސައިންޓިސްޓުން ކަމަށްވާ ފެރޭދޫން ޢައްބާސީ ދަވާނީއާއި މުޙައްމަދު މަޙްދީ ތެހްރާންޗީ ވެސް ވަނީ ޝަހީދު ކޮށްލައިފައެވެ.