ޚަބަރު

މިނިވަންދުވަހުގެ ޙަރަކާތްތަކަށް ބައެއް މަގުތައް ބަންދުކުރަނީ


މިނިވަންދުވަހުގައި ތަފާތު ގިނަ ޙަރަކާތްތަކެއް މާލޭގައި ހިންގެވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިދުވަހުގެ ޙަރަކާތްތައް ހިންގެވުމަށްޓަކައި މާލޭގެ ބައެއް މަގުތައް ބަންދުކުރެއްވުމަށްހަމަޖެހިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުލައި 26 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ބައްދަލުކުރެއްވުން ކުރިއަށްގެންދަވާ ސަރަޙައްދުގެ ބޮޑެތި މަގުތަކާއި އެމަގުތަކާ ގުޅުންހުރި މަގުތައްބަންދުކުރެއްވުމަށް ހަމަޖެހިފައިވާކަމުގައި މޯލްޑިވްސް ޕޮލިސްސަރވިސްއިން ހާމަކުރައްވައެވެ.

img:http://s4.psmnews.mv/images/660x400/14694414179069.jpg|

މިނިވަންދުވަހުގެ ރަސްމިއްޔާތުތަކަށްޓަކައި މާލޭގެ ޓްރެފިކަށް ގެންނަވަން ހަމަޖެހިފައިވާ ބަދަލުތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ މި ރަސްމިއްޔާތުތައް ކުރިއަށްދާ ވަގުތުތަކުގައި 4 ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭގޮތަށް ބައެއް ބޮޑެތި މަގުތައް ބަންދުކުރެވޭނެކަމަށެވެ. އެގޮތުން ބޮޑުތަކުރުފާނުމަގު މުޙައްމަދުޢިސްލާޢިލްދީދީ ގޯޅި ގުޅުނު ހިސާބުން ފެށިގެން މޫސާއިބްރާހިމް ދީދީ ގޯޅިއާ ހިސާބަށް ބަނދުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14694414409864.jpg|

މިނިވަންދުވަހު ދިދަނެގުމުގެ ރަސްމިޔާތު ދަޢުވަތު އަރުވާފައިވާ ބޭފުޅުން ޖުމުހޫރީމައިދާނަށް ވަޑަގަންނަވާ ގަޑި އެރޭގެ 11:15 އަށް ލަސްކުރެވިފައިވާކަމަށްވެސް ހޯމްމިނިސްޓްރީން ވިދާޅުވެފައިވެއެވެ.