ފުވައްމުލައް ސިޓީގައި މާރާމާރީއެއް ހިންގާ މީހަކު ޒަހަމްކޮށްލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މާރާމާރީ ހިނގާފައިވަނީ ރޭ 8:54 ހާއިރުކަމަށާއި، މާރާމާރީގައި ޒަޙަމްކޮށްލާފައިވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށެވެ.
އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރެއިން ބޭރުފުށުން ފެންނަން ހުރި އަނިޔާގެ ތެރޭގައި ނޭފަތާއި އަނގަމަތި ފަޅާއިގެން ގޮސް، ކަނާތު ކޯމަތި ދުޅަވެ އިތުރު ކުދި އަނިޔާވެސް ވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އިތުރު ފަރުވާއަށް މިހާރު ވަނީ އައްޑޫ ސިޓީއަށް ގެންގޮސްފަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.