މުނިފޫހިފިލުވުން

އެރޯ ސީރީޒްގެ 5 ވަނަ ސީޒަން ފެށެނީ.. ޓީޒަރ ބަލައިފިންތަ؟


އިނގިރޭސި އެކްޝަން ސީރީޒްތައް ބެލުމުގެ ޝައުޤުވެރިކަންހުރި ފަރާތްތަކުގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ސީރީޒް އެރޯގެ 5 ވަނަ ސީޒަން އަންނަ އޮކްޓޯބަރު މަހުގެ 5 ވާ ބުދަ ދުވަހު ސީ.ޑަބްލިއު ޓެލެވިޜަން ގައި ޕްރިމިއަރ ކުރާނެއެވެ. img:http://s3.psmnews.mv/images/660x400/14693635202316.jpg|އެރޯ ސީރީޒްގެ ޕޯސްޓަރެއް -

ފޯރިގަދަ 4 ސީޒަނަށްފަހު، 5 ވަނަ ސީޒަން ފެށިގެންދާއިރު، އެރޯ ސީރީޒްގެ ކުރީ ހަތަރު ސީޒަންގައި ނޭވާ ހިފަހައްޓާލަންޖެހުނު ގިނަ ކަންތައްތަކެއް ބެލުންތެރިންނާއި ހަމައަށް ވަނީ ގެނެސްދީފައެވެ. މި ސީރީޒްގެ މެއިން ކެރެކްޓަރ، އޮލިވަރ ކްއީންގެ ސީކްރެޓް އައިޑެންޓިޓީ، އެރޯގެ ހަޤީގަތް ސީރީޒްގެ ހަތަރު ސީޒަން ނިމުނުއިރު، އިތުރު ގިނަ ކެރެކްޓަރތަކަކަށް އެނގިގެން ދިއުމުން ސީރީޒްގެ މަޤްބޫލުކަން ދަށަށް ދާނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެންތިބިނަމަވެސް، ހަތަރު ސީޒަން ނިމުނުއިރުވެސް ސީރީޒްގެ މަޤުބޫލުކަން ދަނީ އިތުރުވަމުންކަން ފާހަގަކޮށްލަންޖެހެއެވެ.

ސީޒަން ފަހެއްގައި އިތުރު ކެރެކްޓަރތަކެއް ސީރީޒުން ފެނިގެންދާނެކަމުގެ ކުލަވަރު މިވަނީ ފެންނަން ފަށާފައެވެ. ދެން އިތުރަށް މަޑުނުކޮށް ޓީޒަރ ބަލައިލަމާ ހިނގާށެވެ.