ޚަބަރު

ސީއެސްސީގެ މުވައްޒަފުންގެ ދިވެހިބަހުގެ ސުވާލު މުބާރާތް


ސިވިލް ސަރވިސް ކޮމިޝަނުން ރަމްޟާންމަހު ސިވިލް ސަރވިސް ކޮމިޝަންގެ މުވައްޒަފުންގެ މެދުގައި ބޭއްވެވި ދިވެހިބަހުގެ ސުވާލު މުބާރާތުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދެއްވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި އިނާމާއި ހަނދާނީ ލިޔުންދެއްވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީއެވެ. މުބާރާތުން އެއްވަނަ ހޯދީ ޖަމީލާ ޢަބްދުލް ޢަނީއެވެ. ދެވަނަ ހޯދީ އާމިނަތު މުޙައްމަދުއެވެ. އަދި ތިންވަނަ ހޯދީ އިބްރާހޯމް ނިޒާމް އަޙްމަދުއެވެ.

މި މުބާރާތަކީ ދިވެހިބަސް ހެޔޮގޮތުގައި ކުށްނުލައި ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ސިވިލް ސަރވިސްގެ ކޮމިޝަންގެ މުވައްޒަފުންނަށް ބޭއްވެވި މުބާރާތެއްކަމަށް ސިވިލް ސާރވިސް ކޮމިޝަނުން ހާމަކުރައްވައެވެ. މި މުބާރާތަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް އުފައްދަވާފައިވާ ބަސް ކޮމެޓީއަކުން ކުރިއަށްގެދިޔަ މުބާރާތެކެވެ.