ޚަބަރު

ޢީދުދުވަހު އެމްޓީސީސީގެ ފެރީ އާއި ބަހުގެ ޝެޑިއުލަށް ބަދަލުތަކެއް


  • މާލެ ސަރަހައްދުގެ ބަހުގެ ޚިދުމަތުގެ ދަތުރުތައް 6:00 އިން ފެށިގެން 8:00 ގެ ނިޔަލަށް މެދުކަނޑާލެވޭނެ

  • އަތޮޅުތެރެއަށް ފޯރުކޮށްދެމުންގެންދާ ސީއެފްއެން ލަކުޑި ފެރީ ޚިދުމަތާއި އާރްޓީއެލް ފެރީގެ ޚިދުމަތް ޢީދު ދުވަހު ނޯންނާނެ

އަޟްޙާ ޢީދުދުވަހާއި ގުޅިގެން މާލެ ސިޓީއާއި އައްޑޫ ސިޓީގައި އެމްޓީސީސީން ފޯރުކޮށްދޭ ފެރީ އާއި ބަހުގެ ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވީ އެހެން އަހަރުތަކޭވެސް އެއްފަދައިން މި އަހަރުގެ އަޟްހާ ޢީދު ދުވަހުވެސް އެ ކުންފުނިން މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދެމުންގެންދާ ފެރީ އާއި ބަހުގެ ޚިދުމަތުގެ ދަތުރުތަކަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ.

އެމްޓީސީސީން ވިދާޅުވީ މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ބަހުގެ ޚިދުމަތުގެ ދަތުރުތައް ފަށާނީ ހެނދުނު 8:00 އިން ފެށިގެންނެވެ. ނަމަވެސް ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޢީދު ނަމާދުގެ ކުރިން މާލެ އަދި ހުޅުމާލޭގެ ފޭސް 1 އަދި 2 އިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް 5:30 އަދި 6:00 ގައި ބަސްތައް ދަތުރުކުރާނެކަމަށް އެމްޓީސީސީން ވިދާާޅުވެއެވެ.

ގްރޭޓަރ މާލެ ބަސް ޚިދުމަތް

* ޢީދު ނަމާދުގެ ކުރިން އާރު3، އާރު4، އަދި އާރު9 ގެ ފުރަތަމަ ދަތުރު - 5:30
* ޢީދު ނަމާދުގެ ކުރިން އާރު3، އާރު4، އަދި އާރު9 ގެ ދެވަނަ ދަތުރު - 6:00
* ޢީދު ނަމާދަށް މެދުކަނޑާލުމުގެ ކުރިން އާރު13 އަދި އާރު14 ގެ ފަހު ދަތުރު - 6:00
* ޢީދު ނަމާދުގެ ފަހުން އާރު13 އަދި އާރު14 ދަތުރުތައް ފައްޓާ ގަޑި - 8:00
* ޢީދު ނަމާދަށްފަހު ގްރޭޓަރ މާލެ ސަރަހައްދުގެ ބަސް ދަތުރުތައް ފައްޓާ ގަޑި - 8:00

އެމްޓީސީސީން ވިދާޅުވީ މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އާންމު ފެރީ ދަތުރުތަކުގެ ތެރެއިން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ މާލެ-ވިލިމާލެ ފެރީގެ ޚިދުމަތް ހެނދުނު 6:30 ގައި ޢީދު ނަމާދަށް އީދު ނަމާދަށް މެދުކަނޑާލާނެކަމަށެވެ. އަދ،ި ޢީދު ނަމާދަށްފަހު ދަތުރުތައް އަލުން ފަށާނީ ހެނދުނު 8:00 އިން ފެށިގެންނެވެ. މީގެއިތުރުން މާލެ-ހުޅުމާލެ ފެރީ ދަތުރުތައް މާދަމާ ފަށާނީ ފެށުމަށް ހަމަޖެހިފައިވަނީވެސް މެންދުރު 2:00 ގައިކަމަށާއި، އަދ،ި މާލެ-ތިލަފުށި ފެރީ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޢީދު ނަމާދަށްފަހު ހެނދުނު 8:30 ގައިކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ. އަދި ކުޑަގިރި ފެރީ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޢީދު ނަމާދަށްފަހު ހެނދުނު 8:30 ގައިކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.

އެ ކުންފުނިން އަތޮޅުތެރެއަށް ފޯރުކޮށްދެމުންގެންދާ ސީއެފްއެން ލަކުޑި ފެރީ ޚިދުމަތާއި އާރްޓީއެލް ފެރީގެ ޚިދުމަތް އަޟްޙާ ޢީދު ދުވަހު ނޯންނާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ގްރޭޓަރ މާލެ ފެރީ ޚިދުމަތް

* މާލެ-ވިލިމާލެ ޢީދު ނަމާދުގެ ކުރިން އެންމެ ފަހު ފެރީ - 6:30
* މާލެ-ވިލިމާލެ ޢީދު ނަމާދަށްފަހު ފުރަތަމަ ފެރީ - 8:00
* މާލެ-ތިލަފުށި ޢީދު ނަމާދަށްފަހު ފުރަތަމަ ފެރީ - 8:30
* ހުޅުމާލެ-މާލެ ޢީދު ނަމާދަށްފަހު ފުރަތަމަ ފެރީ - 2:00
* މާލެ-ކުޑަގިރި ޢީދު ނަމާދަށްފަހު ފުރަތަމަ ފެރީ - 8:30

އައްޑޫ ސިޓީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި އާންމުކޮށް ބުރާސްފަތި ދުވަހު ދަތުރު ނުކުރާ S608 ހުޅޫމީދޫ-ފޭދޫ ސައިކަލް ފެރީވެސް އަޟްހާ ޢީދު ދުވަހު ދަތުރުކުރާނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ. އެގޮތުން އައްޑޫ ސިޓީގައި ކުރިއަށްގެންދާ އާންމު ދަތުރުތަކުގެތެރެއިން S609 ފޭދޫ-ހުޅުމީދޫ ފެރީގެ ތިންވަނަ ދަތުރު އަޟްހާ ޢީދު ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ދަތުރުކުރާ ގަޑިއަށްވުރެން 30 މިނެޓު އަވަހަށް 7:30 ގަމަށެވެ. އަދ،ި S610 ހުޅުމީދޫ-ހިތަދޫ ފެރީގެ ދެވަނަ ދަތުރުވެސް ފެށުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ދަތުރުކުރާ ގަޑިއަށްވުރެން 30 މިނެޓު ކުރިނ،ް 2:30 ގައި ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

އައްޑޫ ސިޓީ ފެރީ ޚިދުމަތް

* S608 ފުރަތަމަ ދަތުރު (ހުޅޫމީދު-ފޭދޫ) ސައިކަލު ފެރީ - މެންދުރު 2:45
* S609 ޓްރިޕް 3 ގެ ފުރަތަމަ ދަތުރު (ފޭދ-ޫހުޅުމީދޫ) - ރޭގަނޑު 7:30
* S610 ޓްރިޕް 2 ގެ ފުރަތަމަ ދަތުރު (ހުޅުމީދޫ - ހިތަދޫ) - މެންދުރު 2:30

އައްޑޫ ސިޓީގައި ފޯރުކޮށްދޭ ބަހުގެ ޚިދުމަތް ދިނުމަށް މާދަމާ ޝެޑިއުލްކުރެވިފައި ވަނީ މެންދުރު 2:00 އިން ފެށިގެން ރޭގަނޑު 9:00 ގެ ނިޔަލަށް 01 LR އަދި 02 LR ރޫޓު މެދުވެރިކޮށް ކަމަށެވެ.