ކުޅިވަރު

100 މީޓަރުގެ އިވެންޓްތައް ނިމިއްޖެ


މައިލޯ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގެ ސަތޭކަ މީޓަރުގެ އިވެންޓްތައް ނިމިއްޖެއެވެ. ފުވައްމުލަކުގައި މިހާރުކުރިއަށްދާ އެތްލެޓިކްސް މީޓްގެ 100 މީޓަރުގެ 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން އެއް ވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ މުޙައްމަދު ޝަޒީން ޖިހާދުއެވެ. ދެވަނަ ހޯދީ އެމަރުކަޒުގެ އިބްރާހީމް ޝަހީރު މޫސާއެވެ. ތިންވަނަ ހޯދީ އައްޑޫ ހައި ސްކޫލްގެ ހާޒިމް ރިއްފަތުއެވެ.

މިއިވެންޓްގެ 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ތިނަދޫ ސްކޫލްގެ އިބްރާހީމް ރާފިލް ވާފިރުއެވެ. ދެވަނަ ހޯދީ ގެމަނަފުށީ ސްކޫލްގެ ސަފްހާން އަލީއެވެ. ތިންވަނަ ހޯދީ މަދަރުސަޠުލް ޝެއިޚް މުޙައްމަދު ޖަމާލުއްދީންގެ އަހުމަދު ޝިނާޒް މުޙައްމަދުއެވެ.

މިއުމުރުގެ އަންހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ތާޖުއްދީން ސްކޫލްގެ އައިޝަތު ޝަބާ ސަލީމްއެވެ. ދެވަނަ ހޯދީ އެސްކޫލްގެ މަރިޔަމް ސަލްމާ އިބްރާހީމް ސާމިރުއެވެ. ތިންވަނަ ހޯދީ ހާފިޒު އަހުމަދު ސްކޫލްގެ އާމިނަތު ނަހޫއެވެ.

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ކަލާފާން ސްކޫލްގެ މުޙައްމަދު މުނާޒް އަލީއެވެ. ދެވަނަ ހޯދީ ތާޖުއްދީން ސްކޫލްގެ މުޙައްމަދު ނާވީ އިބްރާހީމްއެވެ. ތިންވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ މުޙައްމަދު ޝަފްރާން އިޤްބާލްއެވެ.

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400 މީޓަރުން އެއްވަނަ ހޯދީ ކަލާފާން ސްކޫލްގެ މުޙައްމަދު މުނާޒް އަލީއެވެ. ދެވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހީމް އާދަމްއެވެ. ތިންވަނަ ހޯދީ އެމަރުކަޒުގެ ފާރިޝް ވާފިރުއެވެ.

މިއިވެންޓްގެ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ޝިއުމާ މުޙައްމަދު ޝަފީޤުއެވެ. ދެވަނަ ހޯދީ އަމީނިއްޔާ ސްކޫލްގެ އާމިނަތު ޖާއިޝާ ޖުނީޒްއެވެ. ތިންވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ފާޠިމަތު އިޝާއެވެ.  

މިއުމުރުގެ ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ މުޙައްމަދު ޝަޒީން ޖިހާދުއެވެ. ދެވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު އަލީއެވެ. ތިންވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ މުއީދު އަބުދުﷲ އަހުމަދުއެވެ.

އެތްލެޓިކްސް މީޓް މިރޭ ނިމޭނެއެވެ.