ޚަބަރު

އޭސީސީން ބެއްލެވި 6 މައްސަލައެއްގައި 10 ދަޢުވާއެއް


މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެއްލެވުމަށްފަހު 6 މައްސަލައެއްގައި 10 ދަޢުވާއެއް ކޮށްދެއްވަން އެދިވަޑައިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް  ފޮނުއްވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވީ، މި މުއްދަތުގައި އެންމެ ގިނައިން ދަޢުވާކުރެއްވުމަށް އެދިވަޑައިގެން ފޮނުއްވާފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް ކަމަށެވެ. މިފަދަ  5 ފަރާތެއްގެ މައްޗަށް ދަޢުވާ ކުރެއްވުމަށް ފޮނުއްވާފައިވާއިރު، މި މައްސަލަތަކުގައި ޝާމިލްވަނީ މުޅިންވެސް ފިރިހެން މުވައްޒަފުންކަމަށް އޭސީސީން ހާމަކުރައްވައެވެ.

މި މައްސަލަތަކުގެ އިތުރަށް  މި އަހަރުގެ ފުރަތަމަ ކްއާޓަރގައި ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ 3 ދަޢުވާ އެއް 3 ފަރާތެއްގެ މައްޗަށް ކުރެއްވުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ ކަމަށްވެސް އޭސިސީން ހާމަ ކުރައްވައެވެ.