ޚަބަރު

ތޫނު އެއްޗަކުން ހަމަލާދީ ބިދޭސިއަކު ޒަޚަމްކޮށްލައިފި


  • ރަޚަމްވި ބިދޭސީ މީހާއަށް ދަނީ ފަރުވާދެމެމުން

ތޫނު އެއްޗަކުން ހަމަލާދީ ބިދޭސިއަކު ޒަޚަމުކޮށްލައިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތުން ވިދާަޅުވީ މާލެ ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިންގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމަކޮށްލާފައިވާ މައްސަލަ ރޭ 03:10 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ހަމަލާއާ ގުޅިގެން އަނިޔާވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނަކަށް ކަމަށެވެ. އަދި އެމީހާ އައިޖީއެމްއެޗަށް ގެންގޮސްފަރުވާދެމުންގެންދާކަމަށް ލުހުން ވިދާަޅުވިއެވެ.

މި މައްސަލަ ފުލުހުންގެންދަނީ ތަހުގީގުކުރަމުންނެވެ.