އިޓަލީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ސާޖިއޯ މަތަރެއްލާއާއި ބޮޑުވަޒީރު ޖޯޖިއާ މެލޯނީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިޓަލީގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ޤައުމުގެ ރައީސް ސާޖިއޯ މަތަރެއްލާއާއި ބޮޑުވަޒީރު ޖޯޖިއާ މެލޯނީއަށާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެެވެ.
ރައީސް ވިދާޅުވީ އިޓަލީގެ ޖުމްހޫރީ ދުވަސް ހާމަކޮށްދެނީ އެ ޤައުމުގެ ރައްޔިތުން މިނިވަންކަމާއި އިންސާފު ހޯދުމަށް ކުރި މަސައްކަތް ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އިޓަލީއަކީ ޑިމޮކްރަސީގެ ރިވެތި އުޞޫލުތައް ނަގަހައްޓަމުން އަންނަ ޤައުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޖެއާއި އިޓަލީއާއެކު އޮތް ގުޅުން އިތުރު ހަރުފަތަކަށް ކުރިއަށްގެންދިއުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ.
It is a pleasure to convey greetings and good wishes to His Excellency President Sergio Mattarella, Her Excellency Prime Minister @GiorgiaMeloni, the government, and the people of Italy on their Republic Day. This day highlights the Italian people’s fight for freedom and justice,… pic.twitter.com/gtK2V3h6ea
— Dr Mohamed Muizzu (@MMuizzu) June 2, 2025
އިޓަލީގެ ޖުމްހޫރީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖޫން މަހުގެ 2ވަނަ ދުވަހުއެވެ. އެ ދުވަހަކީ އިޓަލީގައި އޮންނަން ބޭނުންވަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރީ ވެރިކަމެއްތޯ ބެލުމަށް ވޯޓު ނެގި ދުވަހެވެ. އެ ވޯޓުން ފާސްވީ ޖުމްހޫރީ ވެރިކަމެއް އިޓަލީގައި އޮންނަން ފެންނަ ކަމަށެވެ. އެހާ ހިސާބުން ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވިއެވެ.