ޚަބަރު

ޞިއްޙީ ޙާލަތު ދެރަ ޙައްޖާޖީންގެ ޙާލަތު މި އަހަރު ބަލަމުންދާނީ ސްމާޓް ގަޑި ބޭނުން ކޮށްގެން


މި އަހަރުގެ ޙައްޖުގެ އަޅުކަން ޢަދާ ކުރާ ޙައްޖާޖީންގެ ތެރާގައި ހިމެނޭ ބަލި ޙާލަތު އެންމެ ރަނގަޅު ނޫން ޙައްޖާޖީންގެ ޙާލަތު ގާތުން ބެލުމަށް،، ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރާ ސްމާޓް ގަޑިއެއް ސަޢުދޫ ޢަރަބިއްޔާއިން ދަނީ ޙައްޖާޖީންނަށް ފޯރު ކޮށްދެމުންނެވެ.

ޙައްޖުގެ އަޅުކަން ޢަދާ ކުރަމުންދާއިރު ޙައްޖާޖީންގެ ޞިއްޙީ ޙާލަތާ ގުޅޭ މަޢުލޫމާތު ސްމާޓް ގަޑީގެ ބޭނުން ކޮށްގެން އެއްކޮށް، އެ މަޢުލޫމާތު ކަަމާގުޅޭ އިދާރާތަކާ ދާނީ ވަގުތުން ޙިއްޞާ ކުރަމުންނެވެ. މައްކާ ހެލްތު ކުލަސްޓާރ އިން ފޯރު ކޮށްދޭ މި ސްމާޓް ގަޑި މި އަހަރު ބޭނުން ކުރަމުން ދަނީ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން 2025ވަނަ އަހަރުގެ ޙައްޖުގައި ޞިއްޙަތާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ޤާއިމު ކޮށްފައިވާ ސިޔާސަތެއްގެ ދަށުންނެވެ.

މި ގަޑި ބޭނުން ކުރުުމުން ޞިއްޙީ ފަރުވާދޭ ބޭފުޅުންނަށް، ޙައްޖާޖީންގެ އަޅުކަމަށް ބުރޫ ނާރާ ގޮތަށް އެ މީހުންގެ ޙާލަތު ގާތުން ބަލަމުން ދިޔުމަށް މަގުފަހިވެގެން ދެއެވެ. ސްމާޓް ގަޑި މެދުވެރިކޮށް ޙައްޖާޖީންގެ ހިތުގެ ތެޅުން ހުންނަ މިންވަރާއި ލޭގެ ޕްރެޝަރާއި، އޮކްސިޖަން ހިފަހައްޓާ މިންވަރާއި ހަށިގަނޑުގެ ފިނިހޫނުމިން އަބަދު ވެސް ހުންނާނީ ބެލިބެލިއެެވެ. އަދި އެ މަޢުލޫމާތު ދާނީ ކަމާ ގުޅޭ އިދާރާތަކާ ޙިއްޞާ ވަމުންނެވެ.

މި އަހަރުގެ ޙައްޖުގެ އަޅުކަން ޢަދާ ކުރަމުންދާ ދުވަސްވަރު ވެގެން ދާނީ ފަހުގެ ތާރީހެއްގައި ހޫނު މޫސުމަށް ހައްޖުގެ އަޅުކަން ޢަދާ ކުރުން ލައްވައިލާ އެންމެ ފަހު އަހަރަށެވެ. ކުރިއަށް އޮތް 16 އަހަރު ދުވަހު ޙައްޖު މަހާ ދިމާވާނީ ބަހާރު މޫސުމާއި ފިނި މޫސުމާއެވެ.