ދުނިޔެ

ޖަރމަނީގެ ޝޮޕިންގ މޯލެއްގައި ބަޑީގެ ޙަމަލާތަކެއް ދީފި


ޖަރމަނީގެ ޝޮޕިންގ މޯލެއްގެ ތެރޭގައިދިން ބަޑީގެ ނުރައްކާތެރި ޙަމަލާތަކެއްގައި ގިނަބަޔަކު މަރުވެއްޖެއެވެ.

މިހަމަލާތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދު އަދި ކަށަވަރުވެފައެއްނުވެއެވެ. ޖަރމަނީގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ކޮންބައެއްކަންނޭގޭ ބަޔަކު މިޙަމަލާތައް ދީފައިވަނީ ޖަރމަނީގެ މިއުނިކްގައި ހުންނަ އޮލިންޕިއަރ ޝޮޕިން ސެންޓަރުގެ ތެރޭގައެވެ. މީގެ އިތުރުން އެޝޮޕިންގ މޯލް ކައިރީގެ އެހެން ސަރަހައްދުތަކުގައިވެސް ހަމަ އެވަގުތު ބަޑީގެ ޙަމަލާތަކެއް ދީފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިޙަމަލާތަކާގުޅިގެން ޖަރުމަނުވިލާތުގެ ފުލުހުންން ވަނީ ކުއްލި އޮޕަރޭޝަނެއް ފަށައި ޢާންމު ރައްޔިތުން މިއުނިކްގެ މަގުތަކަށް ނުކުމެ ނޫޅުމަށް އިލްތިމާސްކޮށްފައެވެ. ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި ބަރުވެހިކަލްތަކާއި ހެލިކޮޕްޓަރުތައް ބޭނުންކުރަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.