ހުޅުމާލެ ފޭސް 1ގެ ރިވެލި ބީޗު ސަރަޙައްދުގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ރިވެލި ބީޗުގައި މިރޭ 20:00 ޖަހާއިރުކަމަށެވެ.
މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. ހަވާ އެރުވުން ކުރިއަށްދާނީ 3 މިނެޓަށެވެ.
ޚާއްސަ ހަރަކާތްތަކާ ގުޅިގެން ސިފްކޯއިން ދަނީ ވިޔަފާރި އުސޫލުން ހަވާ އެރުވުމުގެ ހަރަކާތްތައް ބާއްވަމުންނެވެ.