ކުޅިވަރު

އަންހެން ޑިވިޝަންގެ ފައިނަލުން ޕޮލިސް ކުލަބް ޖާގަ ހޯދައިފި


މޯލްޑިވިއަން ބަލިކޮށް ސަލްސާ އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުން ޕޮލިސް ކުލަބް ޖާގަ ހޯދައިފިއެވެ. ޕޮލިސް ކުލަބް ސީދާ ފައިނަލަށް ދަތުރުކޮށްފައިވަނީ ލީގްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. މިމުބާރާތުގައި ޕޮލިސް ކުލަބާ އެންމެ ވާދަވެރި މޯލްޑިވިއަން ވާދަކުރި މިމެޗް ޕޮލިސް ކުލަބް ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތަށް ޕޮލިސް ކުލަބް ގެންދިޔައީ ފަންސަވީސް ތޭވީސް، ފަންސަވީސް ހަތެއް އަދި ފަންސަވީސް ނަވާރައިން. މިދެ ޓީމްގެވެސް ގުރޫޕް ސްޓޭޖްގެ ފަހު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާ.

މިމުބާރާތުގެ ގުރޫގް ސްޓޭޖް ނިމިފައިވާއިރު، ޕޮލިސް ކުލަބަށް 12 ޕޮއިންޓް ލިބިފައިވެއެވެ.  މޯލްޑިވިއަންއަށް 9  ޕޮއިންޓް އަދި ކުލަބް ތްރީ ސްޓާރއަށް 6 ޕޮއިންޓް ވަނީ ލިބިފައެވެ.

img:http://s2.psmnews.mv/images/660x400/14691298128392.jpg|

 މިމުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗްގައި ވާދަކުރާނީ މޯލްޑިވިއަންއާ ކުލަބް ތްރީ ސްޓާރއެވެ. މިމެޗް ކާމިޔާބުކުރާ ޓީމެއް ފައިނަލްގައި ވާދަކުރާނީ ޕޮލިސް ކުލަބާއެވެ. 

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އާދިއްތަ ދުވަހުގެރޭ ނުވައެއް ޖަހާއިރުއެވެ.