ދުނިޔޭގައި ތެލުގެ އަގު 1.5 އިންސައްތަ ދަށްވުމާއި، އެމެރިކާގެ އިޤްތިޞާދީ ހާލަތު ހީނަރުވަމުންދާކަމުގެ ކަންބޮޑުވުންތަކާ އެކު، މެދުއިރުމަތީގެ ޙިއްސާގެ ބާޒާރަށް އެކަމުގެ ލޮޅުން އަރައިފިއެވެ.
ތެޔޮ އުފައްދާ މިންވަރު އަންނަ ޖުލައި މަހުން ފެށިގެން އަނެއްކާވެސް އިތުރުކުރަން އޮގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީޒް(އޯޕެކު)އިން ވިސްނަމުންދާކަމުގެ ޚަބަރު، ބްލޫމްބާގް ނޫހުން ރިޕޯޓުކުރުމާ އެކު، ތެލު އަގު ވަނީ 1.6 އިންސައްތައިން ދަށަށް ގޮސްފައެވެ.
މީގެއިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެކްސް ބިލަށް މިއަދުގެ ވަގުތެއްގައި ވޯޓަށް އަހާނެކަމަށް ބެލެވޭއިރު، އެމެރިކާގެ ދަރަންޏަށް 3.8 ޓްރިލިއަން ޑޮލަރު އިތުރުވެދާނެކަމުގެ ކަންބޮޑުވުން ވެސް އިންވެސްޓަރުންގެ މެދުގައި ވަނީ ބޮޑުވެފައެވެ.
މިގޮތުން، ސަޢޫދީ ޢަރަބިއްޔާގެ ސްޓޮކް އިންޑެކްސް (.ޓާސީ)، 0.51 އިންސައްތަ ދަށަށް ގޮސްފައިވާއިރު ޤަތަރުގެ ސްޓޮކް އިންޑެކްސް (.ކިއުއެސްއައި)، 0.56 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.
ދުބާއީގެ މައި ހިއްސާގެ އިންޑެކްސް (.ޑީއެފްއެމްޖީއައި)، މި ހަފްތާގެ ކުރީކޮޅު ރެކޯޑު އަދަދަކަށް މަތީގައި އޮތުމަށްފަހު، 0.12 އިންސައްތަ ދަށްވެފައިވާއިރު، އަބޫދާބީގެ އިންޑެކްސް (.އެފްޓީއެފްއޭޑީޖީއައި)، ވަނީ މަޑުމަޑުން 0.01 އިންސައްތައިން ފަހަތަށް ސޮއްސާލައިފައެވެ.