ކުޅިވަރު

ވެލެންސިޔާ ބަލިކޮށް އީގަލްސް ދެވަނައަށް


ފަހަތުން އަރާ ކުލަބް ވެލެންސިޔާ ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާރ ލީގުގެ ދެވަނައަށް ކުލަބް އީގަލްޖެހިލައިފިއެވެ. 

ޓީސީއާއި ކުލަބް އީގަލްސްއަށް 14 ޕޮއިންޓްލިބިފައިވާއިރު، މިއަދު މެޗުން މޮޅުވުމުން ކުލަބް އީގަލްސްއަށް މިހާރު 17 ޕޮއިންޓް ލިބި، ލީގް ތާވަލްގެ ދެވަނަ އަށް ވަނީ ޖެހިލާފައެވެ. މިއަދު މެޗްގެ ފުރަތަމަލަނޑުޖަހާ ލީޑް ނެގީ ކުލަބް ވެލެންސިޔާއިންނެވެ. މެޗްގެ ފުރަތަމަ ހާފްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަވީލޯއެވެ. މެޗްގެ ފުރަތަމަ ހާފްނިމުމުގެ ކުރިން ކުލަބް އީގަލްސްއިންވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ.މިލަނޑު ކުލަބް އީގަލްސްއަށް ކާމިޔާބުކޮށްދިނީ އިމްރާން ނަޝީދުއެވެ. ކުލަބްއީގަލްސްއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދުރިޒްވާންއެވެ. މިމޮޅާއެކު ކުލަބް އީގަލްސް ލީގް ތާވަލްގެ ދެވަނައަށް ޖެހިލާފައިވާއިރު،ތާވަލްގެ އެއްވަނައިގައިވާ މާޒިޔާއާ ދެމެދުގައިވަނީ ތިން ޕޮއިންޓްގެ ފަރަޤެކެވެ. 

މިމުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވާދަކުރާނީ ޔުނައިޓަޑް ވިކްޓްރީއާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.