ވިޔަފާރި

އައްޑޫ ސިޓީގައި ސީޕްލޭންގެ ޚިދުމަތް ދޭނެ ފަރާތެއް ކަނޑައަޅައިފި


އައްޑޫ ސިޓީގެ ގަމުގައި ސީޕްލޭންގެ ޚިދުމަތް ދޭނެ ފަރާތެއް ކަނޑައަޅާފައިވާ ކަމަށާއި އެފަރާތް އަންނަ ހަފްތާތެރޭގައި އިޢުލާންކުރައްވާނެކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޕްރައިވެޓް ލިމިޑެޓުން ވިދާޅުވެއްޖެއެވެ.

އެއަރޕޯޓުގައި ސީޕްލޭން ޓަރމިނަލެއް ތަރައްޤީކޮށް، ސީ ޕްލޭންގެ ޚިދުމަތްދިނުމަށް ޝައުޤުވެރިވާ ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކަށް ވަނީ މިދިޔަ އޭޕްރީލްމަހުގެ ތެރޭގައި ހުޅުވާލައްވާފައެވެ.

img:http://s2.psmnews.mv/images/660x400/7283.jpg|އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސީޕްލޭން ބޭސް ހެދުމަށް ހަމަޖެހިފައިވާ ސަރަޙައްދު / ފޮޓޯ: ޕީ.އެސް.އެމް ނިއުސް

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ސީ ޕްލޭންގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ މޫދު ސަރަޙައްދުގެ ފަޅު މިހާރު ވަނީ ފުންކޮށް ނިމިފައެވެ. މިމަސައްކަތް ޙަވާލުކުރާ ފަރާތާ  މިކަން ޙަވާލު ކުރައްވާނީ  މޫދުގައި އަޅަންޖެހޭ ޕްލެޓްފޯމް އެޅުމަށްލާޒިމު ކޮށްކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ކުންފުނިން ވިދާޅުވިއެވެ.