ކުޅިވަރު

ސަލްސާ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން މޯލްޑިވިއަން ހޯދައިފި


ސިފައިންނަށް މިލްކުވިޔަނުދީ ސަލްސާ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން މޯލްޑިވިއަން އެންޑް ރެކްރިއޭޝަން ކުލަބް ހޯދައިފިއެވެ. 

މޯލްޑިވިއަންއާ ދިވެހި ސިފައިންގެ ކުލަބް ކުޅުނު ވާދަވެރި ފައިނަލް މެޗް މޯލްޑިވިއަން ކާމިޔާބުކޮށްފައިވަނީ ތިން ސެޓް އެއް ސެޓުން. މިމެޗްގެ ފުރަތަމަ ދެސެޓް ހޯދީ މޯލްޑިވިއަންއެވެ. އެއީ 17-25 އަދި 18-25 އިންނެވެ. މެޗްގެ ތިންވަނަ ސެޓް ހޯދީ ސިފައިންގެ ކްލަބެވެ. އެއީ 23-25 އިންނެވެ. ހަތަރުވަނަ ސެޓް 19-25 އިން ކާމިޔާބުކޮށް މޯލްޑިވިއަން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު މިއީ މިމުބާރާތުގައި އެޓީމް ސިފައިންގެ ކްލަބް އަތުން މޮޅުވި ފުރަތަމަ މެޗްކަން ފާހަގަކޮށްލެވެއެވެ. 

img:http://s3.psmnews.mv/images/660x400/14690467984086.jpg|ސަލްސާ އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗް މޯލްޑިވިއަންއާ ސިފައިން (ފޮޓޯ: ޕީއެސްއެމް)

މިމެޗް  ބައްލަވާލެއްވުމަށް ރާއްޖޭގެ ރައީސުލް ޖުމްހިރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަޑައިގެންނެވިކަން ފާހަގަކޮށްލެވެއެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މޯލްޑިވިއަންގެ ބިދޭސީ ކުޅުންތެރިޔާ ތައިލެންޑް ގައުމީ ޓީމްގެ ޖިރާއޫ އެވެ.

img:http://s2.psmnews.mv/images/660x400/14690470126940.jpg|ސަލްސާ އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗް މޯލްޑިވިއަންއާ ސިފައިން (ފޮޓޯ: ޕީއެސްއެމް)

މިމުބާރާތުގެ ބެސްޓް އައުޓް ސައިޑް އެޓޭކަރަކީ މޯލްޑިވިއަންގެ އިސްމާޢީލް ސާޖިދު، ދެވަނަ ބެސްޓް އައުޓް ސައިޑް އެޓޭކަރަކީ އަހުމަދު އަބްދުލް ކަރީމްއެވެ. މިމުބާތާރުގެ އެންމެ މޮޅު ބުލޮކަރަކީ ދިވެހި ސިފައިން ކުލަބްގެ އަހުމަދު އަނިލް، ދެވަނައަށް އެންމެ މޮޅު ބުލޮކަރަކީ މޯލްޑިވިއަންގެ އަލީ އާމިރުއެވެ. މުބާރަތުގެ ބެސްޓް އޮޕޮސިޓް ކުޅުންތެރިއަކީ ޕޮލިސް ކުލަބްގެ މުހައްމަދު ޝާޢިންއެވެ. މުބާރާރުގެ އެންމެ މޮޅު ސެޓަރަކީ ސިފައިންގެ އިޝާން މުހައްމަދުއެވެ. އެންމެ މޮޅު ލިބަރޯއަކީ މޯލްޑިއަންގެ ޖަވާމް އަލީއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން މޯލްޑިވިއަންގެ އިބްރާހީމް ރަޝީދު ސަތޯއެވެ.

img:http://s2.psmnews.mv/images/660x400/14690467110262.jpg|ސަލްސާ އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗް މޯލްޑިވިއަންއާ ސިފައިން (ފޮޓޯ: ޕީއެސްއެމް)

ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވީ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. މިމުބާރާތުގެ ފިރިހެންބައިގައި ވާދަކޮށްފައިވަނީ 6 ޓީމެވެ.