ޚަބަރު

ޙައްޖު މިޝަންގެ މެންބަރުން ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި


  • ރާއްޖެއިން 1000 މީހުން ޙައްޖަށްދާނެ

  • ރާއްޖެއިން ޙައްޖުވެރިން ފުރަން ފަށާނީ މިމަހުގެ 26ވަނަ ދުވަހު

1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ޙައްޖު މިޝަނުންނެވެ.

ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ޙައްޖު މިޝަންގެފަރާތުން ކުރިއަށްގެންދާނެއެވެ.

ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ޙައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނެއެވެ. އޭގެތެރޭގައި ވުޒާރާގެ ޙައްޖު ސެކްޝަންގެ ބޭފުޅުންނާއި، ޙައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިންނާއި ޑޮކްޓަރަކާއި މިނިސްޓްރީގެ މީޑިއާގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާގެ ބޭފުޅެއް ހިމެނެއެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން 1000 މީހުން ދާނެއެވެ.