ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ 18 އަހަރުން ދަށުގެ ކުދިންގެ އަދަދު 4700 އަށްވުރެ އިތުރުވެފައިވާކަން އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމަޢުން ބާކީވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް، އެ މީހުންނަށް ފަހި އުފާވެރި މާހައުލެއް ހޯދާދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ 18 އަހަރުން ދަށުގެ ކުދިންގެ ތެރޭގައި ގިނައީ "މަލްޓިޕަލް ޑިސެބިލިޓީ" ހުންނަ ކުދިންނެވެ. ދެވަނައަށް އެންމެ ގިނައީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނެވެ.
މަލްޓިޕަލް ޑިސްއެބިލިޓީ - 1873
ނަފްސާނީ ނުކުޅެދުންތެރިކަން - 1021
ޖިސްމާނީ ނުކުޅެދުންތެރިކަން - 640
ވިސްނުމުގެ ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަން - 460
އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސް - 442
އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން - 218
ފެނުމުގެ ނުކުޅެދުންތެރިކަން - 105
އުނގެނުމުގެ ނުކުޅެދުންތެރިކަން - 31
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން ގިނައީ 10 އަހަރާއި 14 އަހާރައި ދެމެދުގެ އުމުރުފުރާގެ ކުދިންނެވެ.
15 އަހަރާއި 17 އަހަރާ ދެމެދު - 839 ކުދިން
10 އަހަރާއި 14 އަހަރާ ދެމެދު - 1745 ކުދިން
5 އަހަރާއި 9 އަހަރާ ދެމެދު - 1631 ކުދިން
4 އަހަރުން ދަށުގެ - 575 ކުދިން
ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމަޢުން ބާކީވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް، އެ މީހުންނަށް ފަހި އުފާވެރި މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރެޕިއުޓް ފަރުވާ މިއަހަރުގެ މާރިޗް މަހުގެ ނިޔަލަށް އެކަނިވެސް 675 ފަރާތަކަށް ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާ އެންސްޕާއިން ވިދާޅުވެފައިވަނީ، އެއީ ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ކަމަށެވެ. އަދި މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %91 އިތުރުވުމެއްކަމަށް ވެސް އެއެޖެންސީން ވިދާޅުވެއެވެ.
އެންސްޕާއިން ވިދާޅުވެފައިވަނީ ތެރަޕިއުޓް ފަރުވާއަށް މިދިޔަ އަހަރު 96 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.