ކުޅިވަރު

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ ގަދަ ދިހައެއް


ބާސެލޯނާގެ ތަރި ނޭމަރ ނުހިމަނާ ޔޫއެފާއިން ހޮވާ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ ގަދަ 10 ކުޅުންތެރިން އިޢްލާން ކޮށްފިއެވެ.

ޔުއެފާގެ 55 މެންބަރު ޤައުމުތަކުގެ ކުޅިވަރު ނޫސްވެރިންގެ ވޯޓާއެކު ހޮވާ މި އެވޯޑަށް ވާދަކުރާ ގަދަ 10 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ބާސެލޯނާގެ ފޯވާޑް ލަޔަނަލް މެސީ، ލުއިސް ސުއަރޭޒް، ރިއަލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، ގެރެތް ބޭލް، ޓޯނީ ކްރޫޒް، ޕެޕޭ، ބަޔާން މިޔުނިކްގެ ފޯވާޑް ތޯމަސް މުލާރ، ކީޕަރު މެނުއަލް ނޯޔާރގެ އިތުރުން އެތްލެޓިކޯ މެޑްރިޑްގެ އެންޓޮއިން ގްރިޒްމަން އަދި ޔުވެންޓަސްގެ ކީޕަރ ޖިއޮން ލުއިޖީ ބުފޮންއެވެ. ނޭމާ ދިޔައީ ލިސްޓްގެ 19ވަނަ އަށެވެ.

ގަދަ 10 ކުޅުންތެރިންގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިއެއް ހިމެނިފައެއް ނުވެއެވެ. ޔޫރަޕްގެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ދިހަ ކުޅުންތެރިންގެ މި ލިސްޓް އަންނަ މަހު 3 ކުޅުންތެރިންނަށް މަދުކުރާނެއެވެ. އަދި ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް އިޢްލާނުކުރުން އޮންނާނީ އަންނަ މަހުގެ 25 ވަނަ ދުވަހު ފްރާންސްގެ މޮނާކޯގައެވެ. މިދިޔަ އަހަރު ޔޫރަޕްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބާސެލޯނާގެ ފޯވާޑް ލަޔަނަލް މެސީއެވެ.

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ 10 ކުޅުންތެރިން.

1 - ލަޔަނަލް މެސީ - ބާސެލޯނާ

2 - ލުއިސް ސުއަރޭޒް - ބާސެލޯނާ

3 - ކްރިސްޓިއާނޯ ރޮނާލްޑޯ - ރެއާލްމެޑްރިޑް

4 - ގެރެތް ބޭލް - ރެއާލްމެޑްރިޑް

5 - ޓޯނީ ކްރޫޒް - ރެއާލްމެޑްރިޑް

6 - ޕެޕޭ  - ރެއާލްމެޑްރިޑް

7 - ތޯމަސް މުލާ - ބަޔާން މިއުނިކް

8 - ނޯޔާރ - ބަޔާން މިއުނިކް

9 - ގްރީޒްމަން - އެތްލެޓިކޯ މެޑްރިޑް

10 - ބުފޮން - ޔުވެންޓާސް