ހއ. ބާރަށުގައި ސިހުރު ހާހޫރު ހަދާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެރަށުގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ހިންގައި 8 މީހަކާ ސުވާލުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު 07:00އިން ފެށިގެން އެރަށުގައި އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ. މި މައްސަލައިގައި އެރަށުގެ 8 ތަނެއް ބަލާ ފާސްކޮށް، މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވެއެވެ.
އަދި މި މައްސަލައިގެ ތުޙުމަތުގައި 8 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ސުވާލުކުރުމަށްފަހު އެމީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް ސުވާލުކުރުމަށްފަހު އެއެންމެވެސް ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުގީގުކުރަމުންދާކަމަށެވެ.