ޚަބަރު

ދިފާޢީ އެއްބާރުލުންދިނުމާގުޅޭ މަޝްވަރާތަކެއް ބާއްވަވައިފި


ދިވެހިރާއްޖެއާއި އިންޑިއާއާދެޤައުމުގެ ދިފާޢީ އެއްބާރުލުމާބެހޭ މަޝްވަރާތަކެއް މިއަދު ބާއްވަވައިފިއެވެ.

މިއަދު ހެނދުނު ކޯސްޓްގާޑް ބިލްޑިންގ ކޮންފަރެންސް ހޯލުގައި ބޭއްވެވި މި ބައްދަލުވުމުގައި ދެ ޤައުމުގެއަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންމަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައިދިވެހި ރާއްޖޭގެ ވަފުދުގައި ހިމެނިވަޑައިގަތީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރޖެނެރަލް އަޙުމަދު ޝާހިދެވެ. އިންޑިއާގެ ވަފުދުގައި، ހިމެނިވަޑައިގަތީ އިންޑިއާގެޑިފެންސް ސެކްރެޓްރީ ޖީ މޯހަން ކުމާރާއި އިންޑިއާއިން ރާއްޖެއަށް ކަންޑައަޅާފައިހުންނަވާ ސަފީރް އަކިލޭޝް މިޝްރާއާއި އިންޑިއާގެ ޑެޕިއުޓީ ޗީފް އޮފް ނޭވީ ސްޓާފްވައިސް އެޑްމިރަލް ޖީ އަޝޯކް ކުމާރާއި އިންޑިއާގެ ޑެޕިއުޓީ ޗީފް އޮފް އާރމީ ސްޓާފް ލެފްޓިނަންޓް ޖެނެރަލް އެންޕީއެސްހީރާއެވެ.