ކުޅިވަރު

ސައުތު އޭޝިއަން ޔޫތު ޓީޓީ: ރާއްޖޭގެ ޓީމުން ރަނގަޅު ކާމިޔާބީތަކެއް


ނޭޕާލުގެ ކަތުމަންޑޫގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރި ރާއްޖޭގެ ޓީޓީ ޓީމުން ރަންވަނަތަކެއް ހޯދައިފިއެވެ.

މި މަހުގެ 24 އިން 27 އަށް ކުރިއަށް ދިޔަ މި މުބާރާތުގައި ރަންވަނަތަކެއް ހާސިލްކޮށްފަވަނީ ރާއްޖޭގެ 15 އަހަރާއި 19 އަހަރުން ދަށުގެ ޓީޓީ ޓީމުންނެވެ. އެޓީމުން ވަނީ ރިލި މެޑައްޔަކާ ދެ ލޯ މެޑަލް ހިމެނޭހެން ޖުމްލަ ތިން މެޑަލް ގައުމަށް ހޯދަދީފައެވެ.

މިގޮތުން 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ކެޓަގަރީގައި ވާދަކޮށް ރާއްޖޭގެ ޒީކް ހަސަން ލަތީފް އާއި މަލާކް ބިންތި މުއިއްޒު
ރިހި މެޑަލް ހޯދާފައިވާއިރު، 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން، އައިޝަތު އަލްސާ ނާފިޒު އާއި މުހައްމަދު ހަލަފް ރާފިއުވަނީ ލޯ މެޑަލް ހޯދާފައެވެ.

މީގެ އިތުރުން 15 އަހަރުންދަށުގެ ޓީމު އިވެންޓުގައި ވާދަކޮށް ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ވަނީ 3-1 އިން ބަންގްލަދޭޝް ބަލިކޮށް ލޯ މެޑަލް ހޯދާފައެވެ.

އީރާނުގެ ތަޖުރިބާކާރު ކޯޗު މެހްދީ ޚުޝްވަރަމްގެ އިރުޝާދުގެ ދަށުން ތަމްރީނުތައް ހެދުމަށްފަހު ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީޓީ ޓީމާއި 19 އަހަރުން ދަށުގެ ޓީޓީ ޓީމުން ނޭޕާލަށް ފުރާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.