ކުޅިވަރު

މޯލްޑިވިއަން ބަލިކޮށް ސިފައިންގެ ކްލަބް ފައިނަލުން ޖާގަ ހޯދައިފި


ސަލްސާ ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފައިނަލުން ދިވެހި ސިފައިންގެ ކުލަބް ޖާގަ ހޯދައިފިއެވެ. 

މިމުބާރާތުގެ ފައިނަލުން ދިވެހި ސިފައިންގެ ކުލަބް ޖާގަ ހޯދާފައިވަނީ ސެމީ ފައިނަލް މެޗް މޯލްޑިވިއަން ރިކްރިއޭޝަން ކްލަބާ ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ސެޓްތަށް ދިވެހި ސިފައިންގެ ކުލަބް ގެންދިޔައީ 22-25، 25-27، 25-19، 20-25 އަދި 20-22 އިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކުލަބްގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ނަސީރެވެ.

މިމުބާރާތުގެ ލީގް ބުރުގައި މިދެޓީމް ވާދަކުރި މެޗްވެސް ތިން ސެޓް ދެ ސެޓުން ކާމިޔާބުކޮށްފައިވަނީވެސް ސިފައިންގެ ކުލަބެވެ.

މިމުބާރާތުގެ ތިންވަނަ ސެމީ ފައިނަލް މެޗްގައި  ވާދަކުރާނީ މޯލްޑިވިއަންއާ ޕޮލިސް ކުލަބެވެ. މިމެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ޔަގީންވެގެންދާނެއެވެ.