ކުޅިވަރު

ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން އީގަލްސް އިން ތްރީ ޑީ ހޯދައިފި


މޯލްޑިވް ގޭސް ބައިބަލާ މުބާރާތުގެ ޗެންޕިއަންކަން އީގަލްސް އިން ތްރީޑީ ހޯދައިފިއެވެ. މިމުބާރާތުގެ ޗެންޕިއަންކަން އީގަލްސް އިން ތްރީޑީ ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި މަސްއޮޑި ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ދެ ގޭމުން މެޗް ކާމިޔާބުކޮށްގެންނެވެ.

 ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ އީގަލްސް އިން ތްރީޑީގެ މުހައްމަދު ރިލްވާންއެވެ. މުބާރާތުގެ ފެއާރ ޕްލޭ ޓީމަކީ އޫންޕާ ލޫންޕާއެވެ.

img:http://s2.psmnews.mv/images/660x400/14686530711997.jpg|މޯލްޑިވް ގޭސް ބައިބަލާ މުބާރާތުގެ ޗެންޕިއަންކަން ހޯދި އީގަލްސް އިން ތްރީޑީ އުފާ ފާޅުކުރަނީ- ފޮޓޯ: ޕީއެސްއެމް

 މިމުބާރާތު އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހަ ކުޅުންތެރިން މިފަހަރު ހިމެނިފައިވަނީ ފަސްވަނަ ކުޅުންތެރިޔާއާ ހަވަނަ ކުޅުންތެރިޔާގެ ޕޮއިންޓް އެއްވަރު ވުމުގެ ސަބަބުންކަމަށް ބައިބަލާ އެސޯސިއޭޝަނުން މަޢުލުމާތުދެއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކުލަބް ގްރީން ސްޓްރީޓްގެ އިބްރާހީމް ޝަމީން، ޗެންޕިއަން އީގަލްސް އިން ތްރީޑީގެ އިސްމާޢީލް ޒިހާން، އިބްރާހީމް އާތިކް، ހަމްދު އަލީ އަދި ބުރު ޕާކްގެ މުފްލިހު ރަޝީދުއާއި، އޫންޕާ ލޫންޕާގެ އިސްމާޢީލް އަބްދުލް ސައްތާރުއެވެ. މިމުބާރާތުގެ މިސްޓަރ ބައިބަލާއަކީ މަސްއޮޑި ސްޕޯޓްސް ކުލަބްގެ އަސްލަމް ވަހީދުއެވެ.

މިފހަރުގެ ފައިނަލްގައި ވާދަކުރި ދެޓީމަކީވެސް މުޅިން އަލަށް ފައިނަލަށް ދަތުރުކުރި ދެޓީމެވެ.