ކުޅިވަރު

ޓީސީ ބަލިކޮށް، މާޒިޔާ ލީޑް ފުޅާކޮށްފި


ދޭއް އެކަކުން ޓީސީ ބަލިކޮށް، ލީގުގެ އެއްވަނައިގައި މާޒިޔާއިން ލީޑް ފުޅާކޮށްފިއެވެ. އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި މިރޭ ޓީސީގެ މައްޗަށް މާޒިޔާ ކުރި ހޯދި މެޗުގައި މާޒިޔާގެ ދެ ލަނޑުވެސް ޖެހީ މުޙައްމަދު އުމެއިރުއެވެ. 

އުމެއިރު ފުރަތަމަ ލަނޑު ޖެހީ މެޗު ފަށައިގެން ދެވަނަ މިނިޓްގައެވެ. ޓީސީއަށް ލިބުނު ހިލޭޖެހުމަކުން އަލީ ފާސިރު ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ފަސް މިނިޓްގެ ތެރޭގައި މާޒިޔާއިން އަލުން ލީޑް ނެގިއެވެ. އުމެއިރު ނަތީޖާ ހަމަހަމަކޮށްދިނީވެސް ލިބުނު ހިލޭޖެހުމަކުންނެވެ.  ލަނޑަށްފަހު އުމެއިރު ވަނީ ބަދަލުކޮށްފައެވެ. 

މެޗުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުޞަތުތައް ލިބުނެވެ. މެޗުން މޮޅުވުމުން ސަތާރަ ޕޮއިންޓާއެކު މާޒިޔާއަށް ވަނީ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ޤައުމީ ކެޕްޓަން އަލީ އަޝްފާޤް މާޒިޔާއަށް ސޮއިކޮށްފައި ވިޔަސް ރޭގެ މެޗުގައި އޭނާއަށް ކުޅެވޭގޮތެއްނުވިއެވެ. އެއީ މެޗު ފެށުމުގެ ހަ ގަޑިއިރު ކުރިން އަޝްފާޤު ކުރިން ކުޅުނު ކްލަބުން އައި.ޓީ.ސީ ނުލިބުމުންނެވެ. އައިޓީސީ ލިބުނީ މެޗު ފަށަން ތިރީހަކަށް މިނިޓަށް ވެފައިވަނިކޮށެވެ. 

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ބީޖީއާއި، ކްލަބް ވެލެންސިޔާއެވެ.